ކަމަދޫގައި ވާރޭފެން ރައްކާކުރާނެ ނިޒާމު ގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ބ. ކަމަދޫ
ބ. ކަމަދޫ

ބ. ކަމަދޫގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް  އެންވަޔަމަންޓް މިނިސްޓްރީން ބަޔަކާ ހަވާލު ކޮށްފި އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ހޫނު މޫސުމުގައި ބޯފެނަށްޖެހޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރ އަތޮޅު އަދި ބ އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުން ބ. ކަމަދޫގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

އެ ރަސްމީއްޔާތު އިފްތިތާހު ކޮށްދެއްވުމަށް އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވީ މިއީ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ބޯފެނަށްޖެހޭ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، މިސަރުކާރުން އެންމެނަށް ސާފު ބޯފެން ހޯދައި ދިނުމަށް ހިފާފައިވާ އަމާޒަށްވާޞިލުވުމުގެ މަސައްކަތަށް އިތުރުވެގެންދާ ބޮޅެއް ކަމަށެވެ.

މީގެ އިތުރުން، ބ. ކަމަދޫއާއި ރ. ވާދޫގައި ވާރޭ ފެން ނަގާ ރައްކާކުރާނެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުނުނަމަވެސް މި ދެ އަތޮޅުގެ އެހެން ރައްތަކުގައިވެސް ކުރިއަށް އޮތްމަސްތެރޭގައި މިފަދަ ނިޒާމުތައް ގާއިމުކުރުމަށްޙަވާލު ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ރ އަދި ބ އަތޮޅު ކައުންސިލާއި ރަށުކައުންސިލާއި އަދި އަތޮޅުގެ އެންމެހާ ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާ ކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.