ހަމަނުޖެހުން ބޮޑުވި އެކުވެރިކަމުގެ މެޗް ކުޑަރިކިލު ކާމިޔާބުކޮށްފި

ކުޑަރިކިލު އަދި ދޮންފަނު ޓީމު މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން-- ފޮޓޯ / ނައުރީފް
ކުޑަރިކިލު އަދި ދޮންފަނު ޓީމު މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން– ފޮޓޯ / ނައުރީފް

 

ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު އޭދަފުށީ ރަސްމީ ދަނޑުގައި ދޮންފަނާއި ބައްދަލުކުރި މެޗް ކުޑަރިކިލު ކާމިޔާބުކޮށްފިއެވެ.

މި މެޗް ކުޑަރިކިލު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފް ނިމުނީ ދޮންފަނު ކުރީގައި އޮވެގެންނެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ހަސަން ޒަރީރެވެ.

ކުޑަރިކިލު ޓީމުން ޖެހި ތިން ގޯލުވެސް ޖަހާފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. އެ ޓީމުގެ ފުރަތަމަ ދެ ގޯލް ތޮލާލް ނަސީރު ޖެހިއިރު، ތިންވަނަ ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުޙައްމަދު ރިޔާޒެވެ، މުޅި މެޗްގައި ރަނގަޅު ކުޅުމެއް ދެއްކި ކުޑަރިކިލު ޓީމުން މެޗުފެށީ މުހިއްމު ކުޅުންތެރިންތަކެއް ނުލައެވެ.

މިއަދުގެ މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން-- ފޮޓޯ / ނައުރީފް
މިއަދުގެ މެޗުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން– ފޮޓޯ / ނައުރީފް

މެޗުގައި ހަމަނުޖެހުން ފެށުނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކުޅުމުގެ ތެރެއިން ކުޑަރިކިލު ކުޅުންތެރިއަކު ދޮންފަނު ކުޅުންތެރިއެއްގެ ގައިގައި ޖެހުމުންނެވެ. ދެ ކުޅުންތެރިންގެ މެދުގައި ހިނގި މި ހަމަނުޖެހުން ބޮޑުވީ ދެ ޓީމުގެ ބެންޗުންނާއި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ. މި ހަމަނުޖެހުން ހުއްޓުވީ އެވަގުތު ކުޅިބަލަން ތިބި ބައެއް މީހުންނާއި، ދެ ޓީމުގެ ބައެއް އިސް ފަރާތްތަކުން ދަނޑަށް އަރައެވެ. ހަމަނުޖެހުން ހިންގުމުން މެޗުގެ ރެފްރީ އަލީ ޝަފީގު ވަނީ ދެކުޅުންތެރިއަކަށް ރަތްކާޑު ދައްކާފަ އެވެ.

ކުޑަރިކިލު ޓީމުން ޙުސެން ނަޒީހަށް ރައްކާޑު ދެއްކިއިރު ދޮންފަނު ޓީމުން ރަތްކާޑު ދެއްކީ އަހްމަދު ގިތުރީޒްއަށެވެ. މިއީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދޮންފަނު ޓީމުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗެވެ. ކުޑަރިކިލު ޓީމުން ވަނީ މިހާތަނަށް އެކުވެރިކަމުގެ ފަސް މެޗް ކުޅެފައެވެ. މި ހުރިހާ މެޗެއްވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މުބާރާތް ހުޅުވާނީ ކުޑަރިކިލާއި ގޮއިދޫ ބައްދަލުކުރާ މެޗުންނެވެ. މިފަހަރުގެ މުބާރާތުގައި 7 ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Goidhoo meeha

    ކުޑަރިކިލު މީހުންނަކީ އެކަމަށް ވަރަށް ފަރިތަބައެއް. ކުރިން އަދި އުޅޭނެ ވަރަށް ތަޅާހިތްވާ މީހެއް. މިހާރު ޓީމަށް ނާރާކަންނޭނގެ. ކުރިން ލަނޑާގިރާވަރު މީހުން އެރަށާ ނުކުޅެނީވެސް މެޗު ނުނިމޭތީ. މުބާރާތުގައި ކިހާވަރަކުން ދާނެބާ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.