ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް ފަށައިފި އެވެ.
އަތޮޅު ލީގު ބެޑްމިންޓަން މުބާރާތާއެކު 41 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތްވެސް މިއަދު ހަވީރުވަނީ ފަށައިފަ އެވެ.
އަތޮޅު ލީގުގެ ގްރޫޕްތަކަށް ބަލާއިރު ގްރޫޕް އެކެއްގައި ވާދަކުރާނީ ފ. ނިލަންދޫ ކައުންސިލް، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އަދި މ. ބީޑީސީއެވެ. ގްރޫޕް ދޭއްގައި މަރަދޫ އައްޑޫ ސިޓީ، ފ.އަތޮޅު ކައުންސިލް އަދި އޭދަފުށި ބީޑީސީ ހިމެނޭއިރު ގްރޫޕް ތިނެއްގައި ހިމެނެނީ ތޮއްޑޫ ބެޑްމިންޓަން ޓީމު، ހދ.ބީޑީސީ އަދި ތިނަދޫ ހަވަރު ސްޕޯޓްސް އެވެ. އަދި ގްރޫޕް ހަތަރެއްގައި ހިމެނެނީ ތޮއްޑޫ ޒުވާނުންގެ ޓީމު، ހޮރައިޒަން އެކަޑަމީ އަދި ހޮޅުދޫ ބީޑީސީއެވެ.
މުބާރާތުގައި އޭދަފުށީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިރޭ 10:00 ގަ އެވެ. އެ މެޗުގައި އޭދަފުއްޓާ ބައްދަލު ކުރާނީ މަރަދޫ އައްޑޫ ސިޓީ އެވެ. ދެވަނަ މެޗުގައި މާދަމާރޭ އޭދަފުށީ ކުޅޭނީ ފ. ނިލަންދޫ ކައުންސިލާ ދެކޮޅަށެވެ.