ލިޔެލާ ޖަހާ ސާމާނާއެކު ތުޅާދޫން އަންހެނަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައި ވަނިކޮށް ތުޅާދޫން ފުލުހުން ހޯދައިފައިވާ ލިޔެލާ ޖެހުމަށް ބޭނުންކުރާ އާލާތްތައް - ފޮޓޯ: ތުޅާދޫ ޕޮލިސް ސްޓޭޝަން
ވަގަށް ނަގާފައި ވަނިކޮށް ތުޅާދޫން ފުލުހުން ހޯދައިފައިވާ ލިޔެލާ ޖެހުމަށް ބޭނުންކުރާ އާލާތްތައް – ފޮޓޯ: ތުޅާދޫ ޕޮލިސް ސްޓޭޝަން

ވަގަށް ނަގާފައިވާކަމަށް ތުޙުމަތު ކުރެވޭ، ލިޔަލާ ޖެހުމަށް ބޭނުންކުރާ އާލާތްތަކަކާއެކު ބ.ތުޅާދޫން އަންހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި އެ ވައްކަމުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 46 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ ތުޅާދޫ ގެއެއްގައި ހުރި ލިޔަލާ ޖެހުމަށް ބޭނުންކުރާ އާލާތްތަކެއް ވަގަށް ނަގާފައިވާ ކަމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައި ވަނީ އިއްޔެ މެންދުރު ކަމަށެވެ.

އަދި ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ އާލާތްތައް ފެނުނީ އަންހެންމީހާ ދިރިއުޅޭ ކޮޓަރީގެ އެނދު ދަށުގައި ރައްކާ ކޮށްފައި ހުއްޓާ ކަމަށް ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.

ލިޔަލާ ޖެހުމަށް ބޭނުންކުރާ އާލާތްތައް ވަގަށް ނެގި މި މައްސަލަ ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނާއި ބ.އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.