ފެރީގެ ހިދުމަތް ހުއްޓިފައިވާތީ ބ. އަތޮޅުކައުންސިލުން ކުށްވެރިކޮށްފި

ނ. ރ.، ބ. އަދި ޅ. އަތޮޅުގެ ރަށްތަކަށް ފެރީގެ ހިދުމަތް ދިނުމަށްޓަކައި ދީބާޖާ އިންވެސްޓްމަންޓުން ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ހިދުމަތް އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނުދާތީ އެކަން ބ. އަތޮޅު ކައުންސިލްގެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ

މިއަތޮޅު ކައުންސިލް އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިއަތޮޅުގެ ފެރީގެ ހިދުމަތްވަނީ މެދުކެނޑިފައެވެ. އަދި މިކަން ރަގަޅުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ފޯނުންގުޅައި، އަދި ލިޔެކިޔުމުން މަސައްކަތްކޮށްވެސް އެކަށީގެންވާ ޙައްލެއް ލިބިފައި ނުވާކަންވެސް އެ ބަޔާނުގައިވެ އެވެ.

” މި ނިޒާމުގެ ޚިދުމަތަކީ ރައްޔިތުންނަށް އިންތިހާއަށް ބޭނުންޖެހިފައިވާ އަދި ރައްޔިތުން ބަލައިގެންފައިވާ ޚިދުމަތަކަށްވީހިނދު، މި ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވާ މި ޚިދުމަތް މެދުކަނޑާލި ކަނޑާލުމަކީ ރައްޔިތުން ބިކަ ކުރުމަށް ކުންފުނިން ހިންގި ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަން ފާހަގަކުރަމެވެ،” ބަޔާނުގައި ބުނެފައިވެ އެވެ.

ބ. އަތޮޅުކައުންސިލުގެ ބަޔާނުގައި ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީން މިކަމާމެދު ފިޔަވަޅެއް މިހާތަނަށް އަޅުއްވާފައިނުވާތީ، އެ މިނިސްޓްރީންވެސް މިކަމުގައި އިހުމާލުވެފައިވާ ކަމަށެވެ. އަދި މި ޚިދުމަތް މިހާރުން މިހާރަށް ފެށުމަށް، އަތޮޅު ރައްޔިތުންގެ ނަމުގައި މިނިސްޓްރީއަށާއި ކުންފުންޏަށް ނޫސްބަޔާނުގައިވަނީ ގޮވާލައިފަ އެވެ.

ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭ އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ 50 އަހަރަށް ހަވާލުކޮށްފައިވަނީ ރ. ކުޑަކުރަތުން 15 ހެކްޓަރުގެ ބިމާއެކު 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަބްދުﷲ ވަހީދު

    ތީ މިހާރުގެ ސަރުކާރަށް ޖެެއްސުން ކުރަންވެގެން ކުރާ ކަމެއް ، އަޑީގަ ހުރީ ހަމަ ބެއްޔާ ޅހއތ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.