މާލޭގައި ކުރިއަށްދާ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި އޭދަފުށީ ބެޑްމިންޓަން ޓީމު ކުޅުނު ފުރަތަމަ މެޗުން ރޭ މޮޅުވެއްޖެ އެވެ.
މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު މެޗުގައި ސ. މަރަދޫ އައްޑޫ ސީޓީއާ ބައްދަލުކޮށް އޭދަފުށީ ބީޑީސީ މޮޅުވީ ހަތަރު މެޗު އެއް މެޗުންނެވެ.
ވޭތުވެ ދިޔަ ދެ އަހަރުގެ ޗެމްޕިއަން އަދި މިއަހަރު ތަށި މިލުކް ކުރުމުގެ އަޒުމުގައި މި މުބާރާތުގައި އޭދަފުށި ކުޅޭ ދެ ވަނަ މެޗުގައި މިރޭ 8:00 ނުކުންނާނީ ފ. އަތޮޅު ކައުންސިލާ ދެކޮޅަށެވެ.
މިއަހަރު މުބާރާތުގެ އަތޮޅު ލީގުގެ ޓީމު އިވެންޓް ކެޓަގަރީގައި 12 ޓީމު ވާދަކުރެ އެވެ.