ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރުތައް އިތުރު ތިން ރަށެއްގައި ގާއިމުކުރަނީ

ބީއެމްއެލްއިން އިތުރު 3 ރަށެއްގައި ސެލްފް ސާވިސް ސެންޓަރުތައް ޤާއިމްކުރުމަށް މަސައްކަތް ފަށައިފިއެވެ.

ބީއެމްއެލްއިން އިތުރު ސާވިސް ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވަނީ

ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު ސާވިސް ސެންޓަރުތައް ގާއުމުކުރަން ނިންމާފައިވަނީ އދ. ދަނގެތި، ކ. ހިންމަފުށި އަދި ހދ. މަކުނުދޫގައެވެ.

ބޭންކުން މިހާރު ވަނީ މި ސެންޓަރުތައް ޤާއިމްކުރުމަށް ބޭނުންވާ ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

ބީއެމްއެލްއިން ދާދިފަހުން ވަނީ އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ޚާއްސަ ސެންޓަރެއް މާލޭގައި ޤާއިމްކޮށްފައެވެ. ބީއެމްއެލްއިން ބުނީ މި ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އެކައުންޓު ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ވަކި ސެންޓަރެއް މިހާރު ޤާއިމްކޮށްފައިވާއިރު ބޭންކުން ދަނީ މުޅިން އަލަށް ‘ޑިޖިޓަލް ބްރާންޗެއް’ ހުޅުވުމަށްވެސް ތައްޔާރުވަމުންނެވެ. މި ބްރާންޗު މެދުވެރިކޮށް ޒަމާނީ ޑިޖިޓަލް ބޭންކިންގ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން ދަނީ 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް އަދި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.