ރ. ކިނޮޅަހުގައި ކެމިކަލްއެއް ކަމަށް ބެލެވޭ އެއްޗެއް ބުއި އަންހެނަކު ހާލު ދެރަވެ ފަރުވާ ދިނުމަށްޓަކައި މާލެ ގެންނަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން 39 އަހަރުގެ އަންހެނަކު ކެމިކަލް ކަމަށް ބެލެވޭ އެއްޗެއް ބޮއެގެން ކިނޮޅަހު ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ފެށީ މިއަދު ހެނދުނު ކަމަށެވެ. އޭނާ މަރުވީ އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް މާލެ ގެނައި މަގުމަތީގައި ހާލު ބޮޑުވުމުގެ ސަބަބުން ބ. އޭދަފުށީގައި މަޑުކޮށް އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަންހެން މީހާ ބޮއިފައި ވަނީ، ފައިބަރު މަސައްކަތުގައި ބޭނުންކުރާ ބާރުގަދަ ކެމިކަލެއް ކަމަށްވާ ހާޑްނާވެ
ފަސް ކުދިންގެ މަންމަ މަރުވި އިރު އޭނާގެ ފިރިމީހާ ވީ ބޮޑު ކަންނެއްޔަށް ގޮސް ކަމަށްވެއެވެ. ރޭންޖު ނުލިބޭތީ އޭނާ އަށް އަދިވެސް ނުގުޅޭ ކަމަށްވެސް ވެއެވެ.