ކުއާޓާ ފައިނަލުގައި އޭދަފުއްޓާއި އައްޑޫ

މިއަހަރުގެ މުބާރާތުގައި އޭދަފުށީ ޓީމުގެ ކުޅުންތެރިން ކުޅެނީ
މިއަހަރުގެ މުބާރާތުގައި އޭދަފުށީ ޓީމުގެ ކުޅުންތެރިން ކުޅެނީ

 

މާލޭގައި މިހާރު ކުރިއަށްދާ ހަތްވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ކުއާޓާ ފައިނަލުގައި އޭދަފުށީ ބެޑްމިންޓަން ޓީމާއި އައްޑޫ ހޮރިޒޮން އެކަޑަމީ ބައްދަލުކުރާގޮތަށް ހަމަޖެހިއްްޖެ އެވެ.

އޭދަފުށި ބީޑީސީ ގްރޫޕް ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، އައްޑޫ ހޮރައިޒަން ކުއާޓާ ފައިނަލުނަ ޖާގަ ހޯދީ ގްރޫޕް ހަތަރެއްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

މި ދެ ޓީމު ބައްދަލުކުރާ މެޗުގެ ކުޅުން އޮންނާނީ މިރޭ 8:00 ގައި މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގަ އެވެ. މި މެޗުގައި އޭދަފުށީ ޓީމަށް ސަޕޯޓް ކުރުމަށް މާލޭގައި ދިރިއުޅޭ އޭދަފުށީގެ ވީހާވެސް ގިނަ ބަޔަކު ކުޅިވަރު އެކުވެންޏަށް ދިއުމަކީ އެ ޓީމުގެ ވަރަށްބޮޑު އެދުމެކެވެ.

“ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުން. މާލޭގައި އުޅޭ އޭދަފުށީގެ އަދި ބ. އަތޮޅުގެ ވީހާވެސް ގިންބަޔަކު މިރޭ ކުޅިވަރު އެކުވެންޏަށް ވަޑައިގެން ޓީމަށް ސަޕޯތް ކުރުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއް،” އޭދަފުށީ ބީޑީސީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.