ބ. އަތޮޅުގެ ފަސް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން ބިލްޑް އުޞޫލުން ބ. އަތޮޅުގެ ފަސް ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފަށައިފިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން ބިލްޑް އުޞޫލުން މަސައްކަތްކުރުމަށް ކަނޑައަޅާފައިވަނީ ބ. ދޮންފަން، ފެހެންދޫ، ފުޅަދޫ،  ކިހާދޫ އަދި ކުޑަރިކިލެވެ. މީގެ އިތުރުން ށ. ބިލަތްފެއްސާއި، ނ. މަގޫދޫ އާއި ށ. ނޫމަރާ އާއި ކ. ތުލުސްދޫއާއި، ނ. ލަންދޫއާއި، ނ. މިލަދޫގައި ވެސް ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް ވަނީ އިއުލަންކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި 11 ރަށޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާއި، މި މަސައްކަތްތަކަށް ބީލަން ހުށަހަޅާއިރު އެއްލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް ބީލަންހުށަހެޅުމުގެ އިޚްތިޔާރު ބީލަންވެރިންނަށް ލިބޭނެ ކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުގެ މަތިން ކަމަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.