ހަމްޕުގެ ލަނޑުން ނިއު ފައިނަލަށް

ހަމްޕު ލަނޑު ޖެހުމަށްފަހު ނިއުރޭޑިއަންޓުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީީ
ހަމްޕު ލަނޑު ޖެހުމަށްފަހު ނިއުރޭޑިއަންޓުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީީ

ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާޒިޔާގެ މައްޗަށް 2-1 އިން ކުރި ހޯދާ، މުބާރާތުގެ ފައިނަލަށް ނިއު ދަތުރުކޮށްފި އެވެ.

މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ނިއުއިންނެވެ. އުމެއިރު ދިން ބޯޅައަކުން މި ގޯލް މެޗުގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ކުޅުންތެރިޔާ ޑޭވިޑްއެވެ.

މެޗުގެ 19 ވަނަ މިނެޓްގައި މާޒިޔާގެ ފޯވާޑް އައްސަދު އަލީ (އަޑުބަރޭ) ނިއުގެ ކީޕަރު އިމްރާނަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އަޑުބަރޭއަށް ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އަޑުބަރޭގެ މި ފައުލާ މެދު ހިތްހަމަ ނުޖެހިގެން ނިއުގެ ކޯޗު މިކާ ދަނޑު މައްޗަށް ފެންފުޅިއެއް އެއްލުމާ ގުޅިގެން ރެފްރީ ވަނީ އޭނާ ބެންޗުން ފޮނުވާލާފައެވެ.

އަޑުބަރޭއަށް ރަތްކާޑު ދެއްކިތާ މާގިނަ އިރުތަކެއް ނުވެ އަކުރަމް އަބްދުލް ޣަނީ ދިން ޕާހަކުން ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ، ނިއުއަށް ފައިނަލުގެ ޖާގަ ކަށަވަރު ކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާގެ ކެޕްޓަން އަދި ފޯވާޑް އަސަދުﷲ އަބްދުﷲ ވަނީ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އަނިޔާގެ ސަބަބުން ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އަލީ ފާސިރު (ސެންޓޭ) ވަނީ ހަމްޕުގެ ބަދަލުގައި މެޗުގެ 82 ވަނަ މިނެޓްގައި ކުޅެން ނިކުމެފައެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ނިއު ދަތުރުކުރިއިރު މާޒިޔާއަށް ވެސް އަދި ފައިނަލަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެއީ މުބާރާތުގެ ދެވަނަ ސެމީއިން މޮޅުވާ ޓީމެއްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ދެވަނަ ސެމީގައި މާދަމާ ރޭ ވިކްޓްރީ އާއި އީގަލްސް ބައްދަލު ކުރާއިރު ތިންވަނަ ސެމީ ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ރެއެވެ. އަދި ފައިނަލް މެޗު އޮތީ މިމަހުގެ 30 ވާ އާދިއްތަ ދުވަހުގެ ރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. The Ventiez

    ރޭގެ މެޗުގައި ހަމްޕު ވަރަށް މޮޅަށް ކުޅުނު… ސެންޓޭ އަދި ފިޓް ނުވާކަން އެނގުނު.. އެކަމަކުވެސް، ސެންޓޭ ވަރުގެ ކުޅުންތެރިއެއް ރާއްޖޭގައި ނެތް މިހާރަކު…. ދަނގަޑޭ އިސް އެކްސްސެޕްޝަނަލް…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.