އެޓޯލް ފުޓްބޯލް ޗެލެންޖަށް އޭދަފުށިން ވަރުގަދަ ޓީމެއް އެކުލަވާލައިފި

އޭދަފުށީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ޖޯރީ ދައްކާލަނީ
އޭދަފުށީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ޖޯރީ ދައްކާލަނީ

 

އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ބައިވެރިވާ އޭދަފުށީ ޓީމް އެކުލަވާލައި އިއުލާން ކޮށްފިއެވެ. މިކަމަށް ހާއްސަކުރެވިގެން ރޭ އޭދަފުށީ މަލްޓި ޕާޕަސް ސެމިނަރ ހޯލްގައި އޮތް ހަފްލާގައި ޓީމްގެ ކުޅުންތެރިންނާއި، ކެޕްޓަނާއި ވައިސްކެޕްޓަނުންގެ އިތުރުން މެނޭޖަރާއި ކޯޗުވެސް އިޢުލާކޮށްފައިވެއެވެ.

މިފަހަރު އެއްވަނަ ޑިވިޝަނަށް ނިސްބަތްވާ ހަތަރު ކުޅުންތެރިއަކު ޓީމުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމްގައި ހިމެނޭ މުހިއްމު ދެކުޅުންތެރިންކަމަށްވާ ޢަލީ ފާސިރު (ސެންޓޭ) އާއި ރިލްވާން ވަހީދު (ކަކާ ރިލޭ) ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިހާރު ނިއުރޭޑިއަންޓްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޭދަފުއްޓަށް އުފަން ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު) ވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން ދެން ޓީމްގައި ހިމަނާފައިވަނީ ވިކްޓްރީގެ ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި މުޙައްމަދު ޝިޔާމް މިފަހަރުވެސް ޓީމުގައި ހިމަނާފައިވެއެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމު
އޭދަފުށީ ފުޓްބޯޅަ ޓީމު

 

މިކުޅުންތެރިންނާއި އެކު މިދިޔަ އަހަރުވެސް ކުޅުނު މުހިއްމު ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމަނާފައިވެއެވެ. އަދި ޒުވާން ގިނަ ކުޅުންތެރިންތަކަކަށް މިފަހަރުގެ ޓީމުން ޖާގަދީފައިވާކަން ފާހަގަކުރެވެއެވެ. އޭދަފުށީ ޓީމުން ބުނީ މިއީ މިފަހަރުގެ މުބާރާތަށް ރަށުން ނެގެން އޮތް އެންމެ ވަރުގަދަ ޓީމުކަމަށާއި، އެއްވަނަ ޑިވިޝަންގައި މިވަގުތު ތިބި އެންމެ ރަނގަޅު ކުޅުންތެރިންނާއެކު ނިކުންނާނީ ތަށި ދިފާއު ކުރުމުގެ އަޒުމުގައި ކަމަށެވެ.

މިފަހަރުގެ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު ފާސިރު އެވެ. އަދި ވައިސްކެޕްޓަނަށް ދެކުޅުންތެރިއަކު ހަމަޖައްސާފައިވެއެވެ. އެއީ ޢަލީ ފާސިރު (ސެންޓޭ) އާއި އަޙްމަދު ހަނީފް އެވެ. ޓީމުގެ ކޯޗަކީ ޝާފީ ޢަލީއެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ޖޯރީ ދައްކާލަނީ
އޭދަފުށީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ޖޯރީ ދައްކާލަނީ

 

މީގެ އިތުރުން ހޯމް ޖޯޒީއާއ އަވޭ ޖޯޒީ ދައްކާލުންވެސް ރޭގެ ހަފްލާގައި ކުރިއަށް ގެންގޮސްފައިވެއެވެ. ޓީމުގެ ހޯމް ކިޓް ސްޕޮންސަރ ކޮށްފައިވަނީ އޭދަފުށީ ބްލޫމް އޯކިޑް ފިހާރައިންނެވެ. އަދި ސަޕޯޓަރުންނަށް ބޭނުންވާ ޖޯޒީވެސް އެފިހާރައިން ލިބެން ހުންނާނެކަމަށް އޭދަފުށީ ޓީމުން ބުނެއެވެ.

މުބާރާތުގައި 7 ރަށަކުން ވާދަކުރާއިރު އޭދަފުއްޓާއި އެއްގްރޫޕެއްގައި ހިމެނެނީ ދޮންފަނާއި، ފެހެންދޫގެ އިތުރުން ދަރަވަންދޫއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށީ ޓީމް ހޯދީ ފައިނަލްގައި 0-7 އިން ކެންދޫ ބަލިކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. (Abdul Hameed Abdul Kareem_(2013 Eydhafushi football team Manager

    އޭދަފުށި ފުޓްބޯޅަ ޓީމް މިމުބާރާތް ކާމިޔާބު ކުރާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަން.
    ދަންނަވަންތޯ؟ މިފަދަބޮޑުކަމެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ޓީމުގެ މެނޭޖްމެންޓްއާއި ކުޅުންތެރިން އަދި އޭދަފުށީގެ ރަތްޔިތުންގެ އެކުވެރިކަމާއި އެހީތެރިކަން މިކަމަށް ބޭނުންވާއިރު، އެއެހީތެރިކަމާއި އެކުވެރިކަން އާލާކުރުމަށް އަޅުގަޑު ގޮވާލަން.
    މީގެ އިތުރުން ދަޑުމަތީގައި ކުޅުންތެރިންނާއި، ދަޑުންބޭރުގައި އޮފިސަލުންނާއި ސަޕޯޓަރުން ކުޅިވަރުގެ ރީތި އަޚްލާޤް ދައްކައި ފުޓްބޯޅައިގައި އޭދަފުށްޓަކީ (ނަމޫނާ) ރަށެއްކަމުގައި އަތޮޅުގެ އެހެން ރަށްޔީތުންނަށް ސާބިތު ކޮށްދިނުމަށް ގޮވާލަން. މިމުބާރާތް ހިގަމުންދާއިރު ދިރިއުޅުމުގައި ބޮޑުކަމެއް ދިމާވެގެން އަޅުގަޑަށް މިރަށުގައި މަޑުކުރެވޭގޮތް ނުވުމަކީ އެއީ އަޅުގަޑަށް ލިބޭ ފޫނުބެއްދޭވަރުގެ ބޮޑުހިތާމައެކެވެ.
    އިރާދަކުރެއްވިއްޔާ ދުނިޔޭގައި ހެޔޮހާލުގައި ހުރިނަމަ އަންނައަހަރު އަޅުގަޑު މިކަމަށް ނުކުންނާނަމެވެ.
    ޝުކުރިއްޔާ.

    ރައްދު
  2. Kihaadhoo ބަތްޕޮޅި

    އޭދަފުށީ ޓީމަށް މަރުހަބާ… އެކަމު ހާދަ ލަހުންނޭ ތިޔަ ޓީމް އެކުލަވާ ލެވުނީ؟؟؟ ޓީމްގެ މެނޭޖްމަންޓް މިއަށްވުރެ ރަނގަޅުވާންއެބަޖެހޭ…. ޓީމްތެރޭގައި ވާނުވާ މެނޭޖަރަށްވެސް އެނގެން އެބަޖެހޭ…. މިފަހަރުގެ މުބާރާތް ލައްކަ ވާދަވެރިވާނެ… ގިނަ ޓީމްތަކަކުން ހަމަ ތަށްޓަށް އަމާޒު ހުރީ…. އޭދަފުށި ތަށްޓަށް… ގޮއިދޫ ތަށްޓަށް …. ކިހާދޫ ތަށްޓަށް … ކުޑަރިކިލު ތަށްޓަށް… މިހުރިހާ ޓީމަކަށް ޗެމްޕިއަން ކަމެއް ނުލިބޭނެ… ވާގޮތް ބަލަން ތިބެމާ ބަހީ…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.