އޮންލައިންކޮށް ބިލްދައްކައިގެން 1000ރ. ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭން --- ސަން ފޮޓޯ: ފަޔާޒް މޫސާ
ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭން — ސަން ފޮޓޯ: ފަޔާޒް މޫސާ

އޮންލައިން މެދުވެރިކޮށް ދިރާގު މޯބައިލް ފޯން ބިލް ދެއްކައިގެން 1000ރ. ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގު މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވީ އެ ޕްރޮމޯޝަންގެ ދަށުން، އޮންލައިންކޮށް ބިލް ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 100 ފަރާތަކަށް 1000ރ. ލިބޭނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ 1000 ރުފިޔާ ހަމަ ވަންދެން އެ މީހެއްގެ ފޯނު ބިލު ދިރާގުން ދައްކަދޭނެ ކަމަށްވެސް އޭނަ ބުންޏެވެ.

މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ކޮންމެ މީހަކަށް 1000ރ. ލިބޭ އިރު އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ބިލްދައްކާ ކޮންމެ ފަރާތެއް ގުރުއަތުގައި ހިމެނޭނެ އެވެ. ދެމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

 “އަޅުގަނޑު ދަންވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ކަސްޓަމާ އޮފީހަށް ވަޑައިގަންނަވަން ދަތިފުޅިއްޔާ ވެސް އެއްވެސް ގޮތަކަށް ފިކުރު ނުކުރައްވަށޭ. އޮންލައިން މެދުވެރިކޮށް ކޮންމެ ބޭފުޅަކަށް ވެސް އެ ބޭފުޅެއްގެ ބިލް ދައްކާލުމުގެ ފުރުސަތު އެބަ އޮތް. ޑިސެމްބަރު 15ގެ ކުރިން ދައްކަވާލައްވައިފި ކަމަށް ވާނަމަ އެ ބޭފުޅަކަށް އެބަ އޮވޭ މި އެއް ލައްކަ ރުފިޔާ ބެހިގެންދާ ހާއްސަ އޮންލައިން ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު.” އިމްޖާދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.