ބ. އެޓޯލް ފުޓްބޯލް ޗެލެންޖް – އޭދަފުށި

1984 ވަނަ އަހަރު މާލޭގައި އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމް- ފޮޓޯ / އަހްމަދު ނާސިރު
1984 ވަނަ އަހަރު މާލޭގައި އޮތް ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމް- ފޮޓޯ / އަހްމަދު ނާސިރު

 

ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ އޭދަފުއްޓަކީ ރާއްޖޭގެ ފުޓްބޯޅައަށް ދިރުން ގެނެސްދީފައިވާ ރަށެކެވެ. ފުޓްބޯޅައިގެ ތާރީހީ ސޮފްހާތައް އުކާލާއިރު އޭދަފުށީގެ ފުޓްބޯޅައިގެ މާޒީއަކީ ދެކެ ހުސްނުވާނެ ވާހަކައެވެ. ފުޓްބޯޅައިގައި އޭދަފުއްޓަށް ލިބިފައިވާ މަޝްހޫރުކަން ފެށިގެން އައީ ފަސްދޮޅަހުގެ އަހަރުތަކުގަ އެވެ. ގައުމީ ފުޓްބޯޅަ މުބާރާތުގައި 1966 ވަނަ އަހަރު އޭދަފުށީގެ ބައިވެރިވުން ވެގެންދިޔައީ ކާމިޔާބު ދިގު ތާރީޚުގެ ފެށުމަށެވެ. އެ ހިސާބުން އޭދަފުށި ވެގެންދިޔައީ މާލޭގެ ޓީމުތަކާއި ވާދަކުރަންފެށި އަތޮޅުތެރޭގެ ފުރަތަމަ ރަށަށެވެ.

ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން 1982 ވަނަ އަހަރާއި ހަމައަށް އޭދަފުށި ވާދަކުރަމުން އައީ ބ.ސ.މ.ދ (ބަހިއްޔާ. ސަޢާދާ. މުސްކުޅި. ދަރިވަރުންގެ) ޖަމިއްޔާގެ ނަމުގަ އެވެ. އެ ދުވަސްވަރު އެންމެ ހިތްގައިމު މަންޒަރެއް ފެނުނީ 1982 ވަނަ އަހަރުގެ ގައުމީ މުބާރާތުގަ އެވެ. އެ މުބާރާތުގައި އޭދަފުއްޓަށް ނިސްބަތްވާ ތިން ޓީމެއް ވާދަކުރި އެވެ. އެއީ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ އިތުރުން ބ. އަތޮޅު ކޮމިއުނިޓީ ކްލަބާއި ބ.ސ.މ.ދ ޖަމިއްޔާއެވެ. މުޅި ރާއްޖެއަށް މަޝްހޫރުވި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ގަލޮޅު ދަނޑަށް އުފަންވެގެންއައީ އޭގެ ފަހުންނެވެ. އެއީ 1984 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގަ އެވެ. އޭގެފަހުން 1985 އަހަރުގެ ދެވަނަ ޑިވިޝަންގެ ފައިނަލް މެޗްގައި ޖުވެންޓާސް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައި އެއްވަނަ ޑިވިޝަނަށް ކޮލިފައިވި އެވެ. އޭދަފުށި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށްފަހު ފުރަތަމަ މެޗެއް ކުޅުނީ ފްރާންސްގެ މަނަވަރު ޓީމަކާއެވެ. އެޓީމުގެ މައްޗަށް އެދުވަހު 2-1 ގެ ނަތީޖާއަކުން ކުރިހޯދި އެވެ. އެއަށްފަހު 1986 އިން 1992 އާއި ހަމައަށް އެއްވަނަ ޑިވިޝަންގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ވަނީ މޮޅު ކުޅުމެއްދައްކާ މާލޭގެ ޓީމުތައް ސިއްސުވާލާފަ އެވެ.

އެދުވަސްވަރު ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ރާއްޖެއަށް ފުރަތަމަ ރިހިމެޑަލް ހޯދައިދިން ޓީމުގައި އޭދަފުށީގެ ކުޅުންތެރިއަކު ހިމެނުނެވެ. 1991 ވަނަ އަހަރުގެ ސާފްގޭމްސްގައި ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން ޓީމުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން ހިމެނުނީ ޢަބްދުލް ވާހިދު އެވެ.

1986 ވަނަ އަހަރުގެ އެއްވަނަ ޑިވިޝަންގައި ކުޅުނު ފުރަތަމަ މެޗްގައި އޭދަފުށި ކުޅުނީ ވިކްޓްރީއާއި ދެކޮޅަށެވެ. އެ މެޗުގެ ކުރިން ހަވީރު އޮންލައިންގައި ހެދި ޕޯލްއަކުން 95 އިންސައްތަ މީހުން ބުނީ ވިކްޓްރީ މޮޅުވާނެ ކަމަށެވެ. ނަމަވެސް މުޅި ރާއްޖެ ސިއްސުވާލުމަށްފަހު އޭދަފުށިން ވަނީ އެދުވަހު ވިކްޓްރީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ. އެއްވަނަ ޑިވިޝަންގައި ރަށަށް އެންމެ ކާމިޔާބީ 1988 ވަނަ އަހަރެވެ. ތައްޓެއް ނުލިބުނު ނަމަވެސް ނިއުރޭޑިއަންޓް ނޫން ހުރިހާ ޓީމެއް އެއަހަރު އޭދަފުށި އަތްދަށުވި އެވެ. އަދި ކުޅިވަރުގެ ރޫހާއެކު އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިއާގެ މަގާމު އޭދަފުށީ ޓީމުގެ ޢަބްދުލްމަޖީދު ޙަސަންއަށް ލިބުނެވެ.

2007 ވަނަ އަހަރު މާލޭގައި އޮތް ޒޯން ޗެމްޕިއަން ލީގުގައި ބައިވެރިވި އޭދަފުށީ ފުޓްބޯޅަ ޓީމު-- ހަވީރު ފައިލް ފޮޓޯ
2007 ވަނަ އަހަރު މާލޭގައި އޮތް ޒޯން ޗެމްޕިއަން ލީގުގައި ބައިވެރިވި އޭދަފުށީ ފުޓްބޯޅަ ޓީމު– ހަވީރު ފައިލް ފޮޓޯ

 

ވަރުބަލިކަމެއްނެތި އޭދަފުށީ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ޢަބްދުލްމަޖީދު ޙަސަންއަކީ މިހާރުވެސް އޭދަފުށީ ފުޓްބޯޅައިގެ ވަރުގަދަ ފަހުލަވާނެކެވެ. މިފަހަރު އޭނާގެ މަޤާމަކީ އެޓޯލް ޗެލެންޖުގައި ބައިވެރިވާ އޭދަފުށީ ޓީމުގެ މެނޭޖަރު ކަމުގެ ބޮޑު ޒިންމާ އެވެ. އޭދަފުށީގެ ޓީމެއް މިހާރު ގަލޮޅު ދަނޑުން ނުފެނުނު ކަމުގައިވިޔަސް އޭދަފުއްޓަށް ނިސްބަތްވާ އެތައް ކުޅުންތެރިންނެއް ރަށް ތަމްސީލުކުރެ އެވެ. އެހެންކަމުން މަޖީދު ގަބޫލުކުރާގޮތުގައި އޭދަފުއްޓަކީ އަދިވެސް މުޅި ގައުމު ފަހުރުވެރިވާފަދަ ރަށެކެވެ. އަތޮޅުފެންވަރުގެ މުބާރާތަކަށް މިފަހަރު ނިކުންނަ ޓީމަކީ މާޒީވި ދުވަސްތަކުގެ ހަނދާންތައް އާކޮށްދޭނެ ޓީމެއްކަމަށް އޭނާ ޤަބޫލުކުރެއެވެ. މުހިއްމު ކުޅުންތެރިންތަކެއް އެހެން ރަށްރަށަށް ކުޅެން ނިންމިޔަސް އޭނާ ގަބޫލުކުރާ ގޮތުގައި މިފަހަރުގެ ޓީމުން ފެންނާނީ ހަމަ އެފެންވަރުގެ ކުޅުންތެރިންނެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި
މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި

 

“ސައްޓުއާއި މަޖިއްޓޭ ނެތަސް ހަމަ އެފެންވަރުގެ ކުޅުންތެރިން މިފަހަރުގެ ޓީމުން ފެންނާނީ. މުބާރާތުގައި ބައިވެރިވަނީ ތަށި ހޯދަން. މިފަހަރުގެ ތަށި އޭދަފުއްޓަށް ހޯދިދާނެކަމަށް ގަބޫލުކުރަން” ޓީމާމެދު އުއްމީދު އާކުރަމުން މަޖީދު ބުންޏެވެ.

މަޖީދު ގަބޫލުރާގޮތުގައި މިފަހަރުގެ ހުރިހާ ޓީމެއްވެސް ވަރުގަދަ އެވެ. އޭދަފުށިން ނިކުންނާނީ އެ ހުރިހާ މެޗަކުންވެސް ކާމިޔާބީ ހޯދަންކަމަށް އޭނާ ބުންޏެވެ.

“ވަކި ޓީމެއްއަތުން މޮޅުވަން ނޫނީ ވަކި ޓީމެއް ބަލިކުރާކަށް ނޫން މުބާރާތުގަ ބައިވެރިވީ، ނިކުންނާއި ކުޅޭ ހުރިހާ މެޗަކުން މޮޅުވަން. އެ އުއްމީދު ހާސިލު ކުރެވޭނެކަމަށް މިބަލަނީ” މުބާރާތުގެ ޓީމުތަކާއިމެދު ހަމަހަމަ ނަޒަރަކުން ވިސްނަމުން މަޖީދު ބުންޏެވެ.

އޭދަފުއްޓަކީ އެޓޯލް ފުޓްބޯލް ޗެލެންޖުގައި ބައިވެރިވާނެ އެންމެ ވަރުގަދަ ޓީމުކަމާމެދު ޝައްކެއްނެތެވެ. މިފަހަރުވެސް އެ ޓީމު ނިކުންނަނީ މިދިޔަ އަހަރުގެ ކާމީޔާބީ ތަކުރާރުކުރުމުގެ އަޒުމުގަ އެވެ. މިދިޔަ އަހަރުގެ ފައިނަލުމެޗްގައި ކެންދޫ ކޮޅަށް ޖެހި ހަތްގޯލަކީ މުބާރާތުގެ ރެކޯޑެކެވެ.

މިފަހަރު އޭދަފުށި ނިކުންނީ މިވަގުތު އެއްވަނަ ޑިވިޝަންގައި ކުޅޭ އެންމެ ރަނގަޅު ކުޅުންތެރިންނާއެކުއެވެ. އޭދަފުއްޓަށް އުފަން ޢަލީ ފާސިރު (ސެންޓޭ) އާއި މިހާރު އަރަމުންއަންނަ ޒުވާން ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު) އަކީ މިހާރު ގަލޮޅު ދަނޑުގައި ކުޅޭ އެންމެ ހުނަރުވެރި ދެކުޅުންތެރިންނެވެ. މީގެ އިތުރުން އޭދަފުއްޓަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ގައުމީޓީމުގެ ޑިފެންޑަރު ރިލްވާން ވަހީދު (ކަކާރިލޭ) ޓީމުގައި ހިމެނުމެވެ. މިކުޅުންތެރިންނާއި އެކު ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ހުސެން ޝިމާޒް (ކޮކީ) ވެސް މިފަހަރު ފެންނާނީ އޭދަފުށިންނެވެ. ޓީމު ފުރިހަމަވެގެންދާނީ ރަށު ދަނޑަށް ފަރިތަ ހުނަރުވެރި ކުޅުންތެރިންތަކަކާއި އެކުއެވެ.

އެޓޯލް ޗެލެންޖުގެ ތަށި ދިފާއުކުރުމުގެ ފުރަތަމަ މަރުހަލާގައި އޭދަފުއްޓާއި ވާދަކުރާނީ ދޮންފަނު، ދަރަވަންދޫ އަދި ފެހެންދޫއެވެ. ގައުމީ ފެންވަރުގައި ރާއްޖޭ ފުޓްބޯޅައިގެ ބޮޑުބައެއް ހިއްސާކުރާ އޭދަފުށީ ޓީމް މިފަހަރު ނިކުންނަކީ އަތޮޅު ފެންވަރުގައި ކާމިޔާބީ ދިފާއުކުރުމުގެ ޔަގީންކަމާއެކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

12 ކޮމެންޓް

  1. Driver

    ޖަމާލޫ މަސައްކަތްތެރިކަމުގެގޮތުން މަޝްހޫރީ ކިހާދޫ. މިހާރަކަށްއައިސް އޭދަފުށި ވަރަށްމަޝްހޫރުމުޅިބއަތޮޅުގައި އެހެންކަމަކަށްވެސް

    ރައްދު
  2. gamaru

    ” 1986 ވަނަ އަހަރުގެ އެއްވަނަ ޑިވިޝަންގައި ކުޅުނު ފުރަތަމަ މެޗްގައި އޭދަފުށި ކުޅުނީ ވިކްޓްރީއާއި ދެކޮޅަށެވެ. އެ މެޗުގެ ކުރިން ހަވީރު އޮންލައިންގައި ހެދި ޕޯލްއަކުން 95 އިންސައްތަ މީހުން ބުނީ ވިކްޓްރީ މޮޅުވާނެ ކަމަށެވެ” އޭރު ހަވީރުން އޮންލައިން ޕޯލް ހަދާ ކަމެއް ބޭބެމެންނަކަށް ނޭންގޭ! އިންޓަނެޓް އައީވެސް މާ ފަހުން ކަމަށް ވަނީ…އަނެއްކާ ސޫޕް ކޮޅެއް ބޯލައިގެން އިނދެތ މި އާޓިކަލް ލިޔުނީ!

    ރައްދު
  3. Kihaadhoo ބަތްޕޮޅި

    ކިހާދޫގެ ބަތްޕޮޅި މާޒީއިން މިވަނީ ފުރަތަމަ ސެމީފައިނަލް ޔަގީންކުރި ޓީމަށް ހަދާފަ…
    ފުޓްބޯޅަިގެ މާޒީގެ ވާހަކަ ދެއްކިޔަސް ކިހާދޫ ވަރެއް ހަމަ ނުވާނެ…. މެދުކެނޑުމެއްނެތި 17 އަހަރު ރަށުފެންވަރުގެ ފުޓްބޯޅަ މުބާރާތެެއް ބޭއްވުނު ބ. އަތޮޅުގެ ރަށެއް ބުނެބަލަ ކިހާދޫ ނޫން….. ކިހާދޫ ފުޓްބޯޅަދަނޑުގައި ހުރި ފެންވަރުގެ ބޯޅަގެއެއް ބިނާކޮށްފަ ހުރި ބ. އަތޮޅުގެ އެހެން ރަށެއް ބުނެދީބަލަ…. ތިޔަބުނާ އޭދަފުށިވެސް ހިމަނައިގެން….. މިހާރުވެސް އަތޮޅަށް ހުޅުވާލައިގެނ މިކުލޭ މުބާރާތުގެ އިންތިޒާމު ތަކަށް މަސަލާމް ބުނަން…. ކިހާދޫގެ ރަށުފެންވަރުގެ މުބާރާތުގެ އިންތިޒާމްތައްވެސް މިއަށްވުރެ ހަގުނަ ރަނގަޅުވާނެ….. އަދި ވަރަށްބޮޑު ތެދެއްބުނަންތަ؟؟ ކިހާދޫ މީހުން ރުކުފަތިން ބަތްޕޮޅި ވިޔުނަސް އެކަންވެސް ކުރެވޭނެ އެހެންރަށެއްވެސް ނެތް…. ވީއާރ ޕްރައުޑް އޮފް ބަތްޕޮޅި….ދެން ލަލަލާ… މިއޮތީ ސެމީގަ ޖަމަލޫ…

    ރައްދު
  4. Hantey

    ފުޓްބޯޅައޭ ކިޔައިގެން ބ އަތޮޅުގެ އެހެންރަށްރަށުގެ މީހުން ތަފާތު ވާހަކަދެއްކުމަކީ ވަރަށްބޮޑު ޖޯކެއް ބ އަތޮޅުގެ އެހެން ރަށެއްގެ ބަޔަކު ފުޓްބޯޅަ ކުޅޭކަން އެނގޭބަޔަކު މިރާއްޖެއަކުނެތް. ފުޓްބޯޅައިގެ ދިގުމާޟީއެއްއޮތްހަމައެކަނި ރަށަކީ އޭދަފުށި. ޤައުމީ ލެވެލްގައި އޭދަފުށިން ގުނާލެވެނީ ވާހިދު،، ޖަމީލް، ކުޑައްޓޭ، ސެންޓޭ، ހަމްޒަތުއެވެ. އަދި ކްލަބްލެވެލްގައި ގުނާލެވޭ އެތައް ކުޅުންތެރިންނެއް އެބަތިބި. ސައްޓު، މަޖިއްޓޭގެ ނަން ހަނދާނެއް ނުނެތޭ، ބ އަތޮޅު ކިތަށް ރަށުގައި މިލެވެލްގެ ކުޅުންތެރިން އިފެދިފައިވޭތޯ؟ތެދެއް ކިހާދޫއަކީ ރުކުފަތީގެ މަސައްކަތުގެ ދިގު މާޟީއެއް އޮތްބައެއް…..

    ރައްދު
  5. Ahmed

    ކިހާދޫ މީހުން ފުޓްބޯޅައިގެ އެއްވެސް މާޒީއެއް އޮތްބައެއްނޫން!!!! ބަތްޕޮޅި ވިޔުމުގަ ދިގު މާޒީއެއް އޮތްކަމަށް ބުނިނަމަ ބ.އަތޮޅު ރައްޔިތުން ގަބޫލު ކޮށްފާނެ………

    ރައްދު
  6. Silsim

    ރާއްޖެ ރަންމެޑަލް ހޯދި ޓީމުގައި އޭދަފުށީގެ 2 ކުޅުން ތެރިން ތިބި ވާހަކަ އާއި އެކި އަހަރުމަތިން ރިހިމެޑަލް އޭދަފުށިގޭ 5 ކުޅުންތެރިޔަކު ހޯދިވާހަމަ މިލިޔުމުގައި ގެނެސް ދީފައި އޮތްނަމަ ވަރަށް ފުރިހަމަވީސް.
    އެކުޅުންތެރިންނަކީ ވާޑޭ، ޖަމީލް، ކުޑައްޓޭ، ސެންޓޭ. ޝާފިއު ކަން މިފުރުސަތުގައި ފާހަނގަ ކޮށްލަން.
    ހަމަ މިނޭވާގައި މަޖިއްޓޭ ފަސްޓް ޑިވިސަންގައި އަދި ގައުމީޓީމަށްވެސް ކުޅެފައި ނެތްކަމުގައި ވީނަމަވެސް މަޖިއްޓެ ވަރުގެ މޮޅުކުޅުންތެރިއަކު އަދި އޭދަފުއްޓަށް އުފަން ވެފައެއްނެތް. ސައްޓު އަކީވެސް މިފަދަ ކުޅުންތެރިއެއް.
    މިފަހަރުވެސް މަޖިއްޓެ އަދި ސައްޓު، މިކުޅުންތެރިން އޭދަފުއްޓަށް ކުޅޭނަމަ ހަމަ ޔަގީން ކަމާއިއެކު ބުނެލާން ކެރުނީސް މިއީ ހަމަ އޭދަފުށީގެ ފަހަރެކޭ.
    އަދި އަޅުގަނޑު ހުންނާނީ ކުޅިބަލަން.
    ބޮޑައށް ހީވަނީ އޭދަފުށި، ގޮއިދޫ އަދި ކުޑަރިކިލު. މި 3 ޓީމުން ކުރެން ކޮންމެވެސް 2 ޓީމެއް ފައިނަލްގައި ކުޅޭނެހެން.

    ރައްދު
  7. ބަތްޕެން

    އޭދަފުށި ބުނެލީމަ މުޅި ރާއްޖެއަށް އެނގޭނެ. އެކަމު ކިހާދޫއޭ ބުނެލީމަ އެނގޭނީ 2 ނުވަތަ 3 މީހުންނަށް. މީ ތަފާތަކީ. މީ އޭދަފުއްޓަކީ. މިފަހަރު ަހަމަ ރަށަށް ޓަކާ. ތަށި ހުންނަނާނީ އިރާދަކުރެވިއްޔާ ހަމަ މި ފަސްގަނޑުގަ.

    ރައްދު
  8. ބަތްޕޮޅި

    ކޮންމެ ޓީމަކާ ޖެހުނަސް ކިހާދޫ ޓީމް އޮތީތައްޔާރަށް، އޭދަފުށީ ރައްޔިތުން ޖަބޫލްކުރަންޖެހޭ ޙަޤީޤަތަކީ ކިހާދޫއަކީވެސް ފުޓްބޯޅާގެ މާޒީއެއް އޮތް ރަށެއްކަން، ޤައުމީ ލެވެލްގައި ކިހާދޫ ޓީމެއް ނުކުޅުނަސް އަތޮޅު ލެވެލްގައި ކިހާދޫ އަކީ އެންމެ ދިގުމާޒީއެއް އޮތް އެއްރަށް!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.