ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން އޭދަފުށީގައި އިންޓަނޭޝަނަލް ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމަށް ހުޅުވާލުމަށް ކައުންސިލަށް ހުށައެޅުނު ހުށައެޅުމަށް ތާއީދު ނުލިބިގެން އެހުށައެޅުން ކައުންސިލުން ބޭރުކޮށްލައިފި އެވެ.
އޭދަފުށި ކައުންސިލް މެމްބަރ އަބްދުލްވާހިދު ހުސައިން ހުށައެޅުއްވި މައްސަލަ ބޭރުކޮށްލީ އެކަމަށްގޮތެއް ނިންމުމަށް އިއްޔެ ކައުންސިލުން ބޭއްވި މިއަހަރުގެ ދެ ވަނަ ކުއްލި ޖަލްސާގައި ކައުންސިލްގެ އެއްވެސް މެމްބަރަކު ހުށައެޅުމަށް ތާއީދުނުކުރުމުން ވޯޓަށް އެހޭގޮތް ނުވެގެންނެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި ކައުންސިލްގެ ނާއިބްރައީސް މުހައްމަދު ރިޒާ ވިދާޅުވީ މެމްބަރުންގެ ގޮތުން ޖަލްސާއަށް ވަޑައިގަތީ މެމްބަރ ވާހިދާ، މެމްބަރ ޝަކީލް ކަމަށާ، ހުށައެޅުން ބޭރުކޮށްލަންޖެހުނީ ހުށައެޅުމަށް ޝަކީލް ތާއީދުނުކުރުމުން ކަމަށެވެ. ކައުންސިލް ގަވާއިދު ބުނާގޮތުން ރިޔާސަތުން އެއްވެސް ހުށައެޅުމަކަށް ތާއީދެއް ނުކުރެވެއެވެ. ކައުންސިލް ރައީސް ރަށުގައި ނޫޅުއްވާއިރު މެމްބަރ އަލީ ޔަހްޔާ ބައްދަލުވުމަށް ވަޑައިނުގަންނަވައެވެ.
ކައުންސިލުގެ މެންބަރު ޝަކީލު އަށް ގުޅާލުމުން އޭނާ ފޯނު ނުނަންގަވާތީ މިކަމާގުލޭގޮތުން އޭނާގެ ބަހެއް ލިބޭގޮތެއް އަދި ނުވެއެވެ.
މިފަދަ ކަންކަމުގަ އެބަޖެހޭ މިއަށްވުރެ ހަރުދަނާކޮށް ވިސްނަން
އެތައް ބަޔަކަށް ރަށުން ވަޒީފާ ލިބޭނެ
ރަށް ތަރަށްގީ ވާނެ
މިހެންގޮސް ބައިވަ ފައިދާތައް އެބުހުރި އަދި ވިސްނާނެ ކަމަށް ހީކުރަން
މިކަމުގައި ދެކޮޅުވެރިވާމީހުން ނަކަށް އަޅުގަނޑުގެ ވޯޓެއްނުލިބޭނެ ދެންފަހަރަކުން. ސާބަހޭ ކުޑޭ، ވާޑޭ.. ސަކީލު ވެސް އަދި އެއްފަހަރު ވިސްނުމަށް ގޮވާލަން
ނާޤާބިލް ޑިމޮކްރަސީގެ އުޞޫލްތަކާ ހަމަތައް ޤަބޫލް ނުކުރާ އަދި ބާރާ ނުފޫޒުގެ ބޭނުންކުރުމުގެ ޡަޤާފަތެއް ދެމެހެއްޓުމަށް މަސައްކަތް ބޭފުޅަކު ކައުންސިލްގެ ރައީސަކަށް ހުރުމުގެ ނަތީޖާ އަކީ ތަރައްޤީގެ މަގުގައި އޭދަފުއްޓަށް ހުރި ފުރުޞަތުތައް ގެއްލިގެން ދިއުން އަދި މިފަދަ ބޭފުޅުން މިހާރަށް މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން……
ތި ދަނޑު ކިހާދުގައި އަޅަން ފެނޭ. ގައިމުވެސް ބިން ލިބޭނެ. އަދި ދަނޑާ ޖެހިގެން އެކޮމަޑޭޝަން ބްލޮކެއްވެސް އެޅިދާނެ. ތިކަމަށް އިންވެސްޓް ކުރަން އުޅުނު މީހުން ކައިރީ ބުނޭ ކިހާދޫ ކައުންސިލާ ވާހަކަދައްކަން… މާރަނގަޅުވާނެ.