ބިން ލިބުނުހާ އަވަހަކަށް ވިލާ ކޮލެޖާއެކު ސޮއިކުރެވޭނޭ: ކައުންސިލް

ވިލާ ކޮލެޖް މާލޭގައި ހިންގާ އިމާރާތް: އެ ކޮލެޖުގެ ކޯސްތައް އޭދަފުށީގައި ފެށުމަށްދަނީ ތައްޔާރުވަމުން

 

ރަށުގެ ތައުލީމީ ފެންވަރު ރަނގަޅުކުރުމާއި ރަށުގައި ތިބެގެން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އޭދަފުށީ ކައުންސިލުން ވިލާ ކޮލެޖާއި ގުޅިގެން މިރަށުގައި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ވިލާ ކޮލެޖުގެ ކެމްޕަސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ރަށުން ބިން ލިބުނުހާ އަވަހަކަށް ސޮއިކުރެވޭނެކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ވިލާ ކޮލެޖުން އޭދަފުށީގައި ގާއިމުކުރުމަށް ތައްޔާރުވަމުންދާ ކެމްޕަހާބެހޭގޮތުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މައުލޫމާތު ހިއްސާކުރައްކަމުން ކައުންސިލު މެންބަރު މުހައްމަދު ޝަކީލު ވިދާޅުވީ، މިދިޔަ ހަފްތާގައި ވިލާ ކޮލެޖުގެ ގާނޫނީ ބޭފުޅުންގެ ޓީމަކުން މިރަށަށް ވަޑައިގެން ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރުމާބެހޭގޮތުން ވާހަކަދެކެވުނު އިރު ގާނޫނީ ބޭފުޅުންގެ ޚިޔާލުފުޅަކީ އެބޭފުޅުން މަސައްކަތްކުރާނެ “އިތުރު ބިމެއް ދޭންޖެހޭނެކަމަށް” އެއްބަސްވުމުގައި ހިމަނަން ޖެހޭނެ ކަމަށެވެ.

“އެ މައްސަލައެއްނެތޭ ބިން ރަޖިސްޓްރީކޮށްފަ ނުދިނަސް. އެއްބަސްވުމުގައި ހިމަނަން އެބަޖެހޭ މަސައްކަތް ކުރާނެ އިތުރު ބިމެއް ދޭންޖެހޭނެ ކަމަށް. ރައްޔިތުންގެ ނުވަތަ އަމިއްލަ މީހެއްގެ ބިމެއްވިޔަސް އެބިން ކުއްޔަށް ނަމަވެސް ހޯދައިދިނުމަކީ ކައުންސިލުގެ ކަމެއްކަމަށް. މިކަންތައް ހަމަޖެހުނުހާ އަވަހަކަށް އެއްބަސްވުމުގައި ސޮއިކުރަންވީ.” ޝަކީލު ވިދާލުވި އެވެ.

ކައުންސިލުން ނިންމާފައިވަނީ މަތީ ތައުލީމުގެ ކޯސްތައް ހިންގުމަށް ބަހިއްޔާ ޕްރީ ސްކޫލުގެ ހޯލު ވިލާ ކޮލެޖަށް ދިނުމަށެވެ. އަދި ކައުންސިލުން ހިޔާލުކޮށްފައިއޮތީ އަތޮޅުގެއާދިމާ އިރުމަތިން ކުރީގެ ބައިބަލާ ފަސްގަޑުއޮތް ސަރަހައްދުގައި އޮތް ބިން ވިލާ ކޮލެޖަށް ދިނުމަށެވެ. ނަމަވެސް އެ ބިމުގައި ކައުންސިލުގެ ބިމާ ގުޅިފައި އޮތް އަނެއް ބަޔަކީ ކުރީގެ އަތޮޅުކޮމެޓީއަށް ދޫކުރެވިފައިއޮތް ބިމެއްކަމުން މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ބިން ހޯދުމުގެ މަސައްކަތް ކަމަށް ޝަކީލު ވިދާޅުވި އެވެ. އަދި އެ ބިން ހޯދުމަށް އަތޮޅު ކައުންސިލުގައި މިހާރުއެދިފައިވާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ވިލާ ކޮލެޖަށް މަތީ ތައުލީމު ދިނުމަށްދެވޭ ބިންތަކަކީ ރަށުން ކައުންސިލުން ހިދުމަތް ދިނުމަށްޓަކައި ހަވާލުކުރެވޭ ތަންތަންކަމަށެވެ. އަދި އެތަންތަން ހުންނާނީ ކައުންސިލުގެ ބެލުގައި ދަށުގައި ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އައްޔަ

    ކިހާދެރަވެއްޖެ ކަމެއްތަ މިދެން!!! ސަކީލު ކަލޭމެން ބޭނުން ވީމަ ބިމެއް ދެވޭ!!! ރައްޔިތުން ބޭނުންވީމަ ބިމެއް ނުދެވޭ!! ބަލަ ރައްޔިތުންނޭ ކަލޭމެން ހޮވީ. ރައްޔިތުން ބޭނުންވަނީ ފުޓްބޯޅަ ދަނޑެއް… ދަނޑު އަޅަން ބިން ދޭންވީމަ ވޯޓް ދެވޭކަށްވެސް ނޯވޭ ދޯ!! ރައްޔިތުންނަށް ހަރާންކޯރުވަނީނު!! ބޭނުންވަނީ ތަރައްޤީ…ތަރައްޤީ އަކީ ހަމައެކަނި ތަޢުލީމެއް ނޫން،

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.