ކެންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ތިން ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ތިން ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

 

ބ. ކެންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގަިއ ސޮއިކޮށްފި އެވެ.

ތިން ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް އިއްޔެ ހަވީރު ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ކެންދޫ ސިއްހީ މަރުކަޒުގެ މަރާމާތު މަސައްކަތް ހަވާލު ކުރީ ރަޒާ ކޮންޓްރެކްޓިންގް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އަދި ރަޒާ ކޮންޓްރެކްޓިންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ރައޫފު އެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި ކެންދޫ ސިއްހީ މަރުކަޒުގެ އާބާތުރަ ފިލުވަން ރަޒާ ކޮންސްޓަރަކްޝަން އާ ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެ ޕްރޮޖެކްޓުގެ އަގު ހަތަރު ލައްކަ އަށް އަރައެވެ.

ކެންދޫ ސިއްހީ މަރުކަޒު މަރާމާތު ކުރަން ބަޔަކާ ހަވާލުކުރި އިރު، މިދިޔަ ސެޕްޓެމްބަރުމަހު ވަނީ މިއަތޮޅު ދަރަވަންދޫ ސިއްހީ މަރުކަޒުވެސް މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފަ އެވެ،

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.