ފަސޭހަކަމާއެކު ކިހާދޫ ބަލިކޮށް ސެމީގެ ފަހު ޖާގަ ގޮއިދޫން ހޯދައިފި

މިއަދު ކިހާދުއާއި ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު
މިއަދު ކިހާދުއާއި ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު

އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި މިއަދު ކުޅުނު މެޗް ކާމިޔާބުކޮށް ގޮއިދޫން މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ. މިއަދު ހަވީރު ކުޅުނު މި މެޗުން ގޮއިދޫ މޮޅުވީ ކިހާދޫއާއި ވާދަކޮށް 0-4 އިންނެވެ. މި މޮޅާއެކު ގޮއިދޫ ސެމީއަށް ދިޔައީ ހަތަރު ޕޮއިންޓާއި އެކު ގްރޫޕް “ބީ” ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި މެޗަށް ނިކުތް އިރުވެސް ސެމީފައިނަލްގެ ޖާގައެއް ހޯދާފައިވާ ކިހާދޫ ގްރޫޕްގެ ދެވަނައަށް ދިޔައީ ތިންޕޮއިންޓް ލިބިގެންނެވެ.

މިމެޗަށް ކިހާދޫން ނުކުތީ މުހިއްމު ކުޅުންތެރިންތަކެއް ނުލައެވެ. އިންޖަރީއާއި ގުޅިގެން ގޮއިދޫގެ މުހިއްމު ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) ނުލައި ކުޅުނު މިމެޗްގައި އެޓީމުންވަނީ މޮޅަށްކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ގޮއިދޫން ޖެހި ހަތަރު ގޯލްގެ ތެރެއިން ތިންގޯލް ޖެހީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ނިޒާމް އެވެ. މެޗް ފެށިގެން ގިނަ ހަމަލާތަކެއް އެޓީމުން އުފެއްދި ނަމަވެސް މެޗްގެ ލީޑު ގޮއިދޫ ޓީމަށް ލިބުނީ 30 ވަނަ މިނިޓުގައެވެ. އަބްދުލް މަޖީދް އިބްރާހިމް (މަޖިއްޓޭ) ތަނަވަސްކޮށްދިން ފުރުޞަތެއްގައި މިގޯލްޖެހީ އާދަމް ނިޒާމްއެވެ. ގޮއިދޫން ދެވަނަ ގޯލްޖެހީ އޭގެ ފަސްމިނިޓު ފަހުން ހުސެއިން ޝިފާހްއެވެ. މެޗްގެ ފަހު ދެގޯލް ފެނިގެން ދިޔައީ ދެވަނަ ހާފްގައެވެ. މި ދެގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ނިޒާމްއެވެ. މިގޮތުން އިބްރާހިމް މާޖިދް ނަގައިދިން ބޯޅައަކުން އެޓީމުގެ ތިންވަނަ ލަނޑު ނިޒާމް ޖެހީ 72 ވަނަ މިނިޓްގައެވެ. އަދި ނިޒާމްގެ ހެޓްރިކް ފުރިހަމަ ކުރީ މެޗްގެ އިތުރުވަގުތުގައި ބޮލުން ވައްދާލި ގޯލުންނެވެ.

މިއަދު ކިހާދުއާއި ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ސައިނޯސާ ރާއި
މިއަދު ކިހާދުއާއި ގޮއިދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ސައިނޯސާ ރާއި

މެޗްގެ 48 ވަނަ މިނިޓުގައި ގޮއިދޫގެ ހަސަން ސުޖާއުއަށް ދެއްކި ރަތްކާޑާއިއެކު އެޓީމުން މެޗްގެ ބާކީބައި ކުޅުނީ ދިހަ ކުޅުންތެރިންނާއިއެކުއެވެ. ދެވަނަ ރީނދޫ ކާޑާއިއެކު ސުޖާއުއަށް ރަތްކާޑު ދެއްކީ އޭރިޔާ ތެރެއަށް ޑައިވް ކުރުމާއި ގުޅިގެންނެވެ. މި ރަތްކާޑާއިއެކު ސުޖާއުއަށް ސެމީ ފައިނަލް މެޗްގައި ނުކުޅެވޭނެއެވެ. ސުޖާއު އަކީ މި މުބާރާތުގައި ގޮއިދޫ ޓީމަށް ކުޅެމުން އަންނަ އެންމެ މޮޅު އެއްކުޅުންތެރިޔާއެވެ.

މި މުބާރާތުގައި މާދަމާ ކުޅެވޭނީ ގްރޫޕް “އޭ” ގެ ފަހު ދެމެޗެވެ. ފުރަތަމަ މެޗްގައި މެންދުރު 1:00 ގައި ބައްދަލުކުރާނީ އޭދަފުއްޓާއި ފެހެންދޫއެވެ. މި ދެޓީމުން މިހާރުވެސް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައި ވާއިރު މާދަމާ ކުޅެވޭ މެޗުން އެ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ކަނޑައެޅިގެން ދާނެއެވެ. މާދަމާ ހަވީރު ކުޅެވޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ބައްދަލު ކުރާނީ ދަރަވަންދޫއާއި ދޮންފަނެވެ. މިހާތަނަށް ޕޮއިންޓެއް ލިބިފައިވާ ނުވާ މިދެޓީމް މިހާރުވެސް ވަނީ މުބާރާތުން ކަޓާފައެވެ.

ސެމީ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު އަދީ އާދީއްތަ ދުވަހުއެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯ ނޫފަހި ބްރޭންޑެވެ. ކޯ ސްޕޮންސަރ އަކީ އުރީދޫއެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. ނިޔާ

    އެއީ ކުރި ޑައިބެއްވެސް ނޫން. އަދި އޭރިޔާ ތެރެއަކަށްވެސް ނޫން. ރެފްރީންގެ ފެންވަރުދައްކަމާ އެމީހުންގެ ހަޖަމު ނުބައިކަން މިއިންވެސް ދޭހަވަނީ. މި ފެންވަރުގެ މުބާރާތެއްގަ އަދި ރަށްރަށުގެ ރައްޔިތުން އެތައްލައްކަ ރުފިޔާއެއް ޚަރަދުކޮށްގެން އަދި ނުވިތާކަށް އިންތިޒާމްކުރާ ފަރާތުން ބޮޑު ޢަދަދެއް ޓީމުތަކުންނަގައިގެން ހިންގާ މުބާރާތެއްގަ މިހާ ދަށްފެންވަރުގެ ރެފްރީން ބޭނުންކުރުމަކީ އެތައްބައެއްގެ ޙައްޤަށް އުނިކަން ލިބޭ ކަމެއްކަމުގައި ދެކެން.

    ރައްދު
  2. The Ventiez

    އޭރިޔާތެރެއަށް ޑައިވް ކުރީމަ ސްޓްރެއިޓް ރެޑް ކާޑެއްތަ ދެއްކީ؟ ނޫނީ ރީނދޫކާޑެއް ދައްކާފައި އޮއްވައި ދެވަނަ ރީދުލެއް ދައްކާ ފޮނުވާލީތަ؟؟

    ރައްދު
  3. ހާމިދު

    ކޮބާ ދެން ސެމީ ޔަގީން ވިޔަސް ހާދަ ތަފާތު ބޮޑުކޮނޭ ތި ބަލިވީ…ފުޓްބޯޅައިގެ ބ.އަތޮޅުގައި ދިގު ތާރީހެއް އޮވެޔޭ ކިޔާފަ މި ބަލި ތާރީހުގައި ސޮފުހާތަކުގައި ލިޔެވިފައި ހުންނާނެކަން ޔަޤީން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.