އަބްދުﷲ ގާސިމް ނިޔާވެއްޖެ

ބ. އޭދަފުށީގައި ފާހަގަކޮށްލެވޭ މަސައްކަތްތެރިއެއް ކަމަށްވާ މިރަށު، މުޝްތަރީގޭ، އަބްދުﷲ ގާސިމް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

އަބްދުﷲ ގާސިމް ނިޔާވީ ކުއްލި ގޮތަކަށް އިއްޔެ ހަވީރު އޭދަފުށީގަ އެވެ. ނިޔާވިއިރު އުމުރަކީ 73 އަހަރެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި މީހަކު ބުނިގޮތުގައި އަބްދުﷲ ގާސިމް ނިޔާވިއިރު، މީގެ 15 ވަރަކަށް އަހަރު ކުރިންފެށިގެން ދަނީ ހިތުގެ ބައްޔަށް ފަރުވާ ކުރަމުންނެވެ.

އަބްދުﷲ ގާސިމަކީ ކުރިން ރައްކުރިއަރުވާ ކޮމެޓީގައި އުޅުއްވި އަދި އޭރު ރަށުގެ ކަމުވޮށިގެންވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ރަށުގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތް ތަކުގައިވެސް އަމަލީގޮތުން އުޅުއްވި އެވެ.

އަބްދުﷲ ގާސިމް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އާދަޔާ ޚިލާފު މަސައްކަތްތެރި ވަޑިއެއްގެ ގޮތުގަ އެވެ. އެގޮތުން ގޮނޑި އެއްތެޔޮ ފުރުމާއި، ދިޔަ ދޮވި ހެދުމާއި، ހުނިގޮނޑި، ދޭފަތް ފަދަ ތަކެތި ހެދުން ހިމެނެ އެވެ.

ގާސިމު ނިޔާވިއިރު އޭނާގެ ދެ އަންހެން ކުދިންނާއި ހަތަރު ފިރިހެންކުދިން ތިބެ އެވެ. އަދި ކާފަ ކިޔާ 19 ކުދިންނާއި މުނިކާފަ ކިޔާ ހަތް ކުދިން އެބަތިއްބެވެ.

މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ ރޭ ފަތިސް ނަމާދަށް ފަހު އޭދަފުށީ ބޮޑު މިސްކިތުގަ އެވެ. މައްޔިތާގެ މޫނު ދުށުމަށާއި ކަށު ނަމާދުގައި ބައިވެރިވުމަށް ރަށުގެ ވަރަށް ގިނަ ބަޔަކު ދިޔައެވެ.

މައްޔިތާގެ ފުރާނަ އަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރާ ހާލު، އެ މައްޔިތާގެ އާއިލާގެ މީހުންނަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރަމެވެ. އަދި އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. idhaaree

    ޢަބްދުﷲ ގާސިމް. އެހާގިނަދުވަހު ގަދަވެ ހެޔޮހާލުގައި ހުރީ އޭނާގެ އުޅުން ބައްޓަންކޮށްފައިހުރި ގޮތުންނާއި އޭނާ ބެލެހެއްޓި އޭނާގެ އަންހެންދަރި ޝަމްލާގެ ހިތްވަރުގަދަ މަސައްކަތުންނެވެ. ޝަމްލާއަކީ ބަފަޔަކަށް ލިބިފައިހުރި ގެވެހި ރަގަޅު އަންހެނެކެވެ. އަބްދުﷲ ގާސިމަށް ސުވަރުގެ ދާއިމީކުރައްވާށި. ޝަމްލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.