ކިހާދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

މިއަދު އޭދަފުށްޓާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް
މިއަދު އޭދަފުށްޓާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް

ކިހާދޫ 2-1 އިން ބަލިކޮށް އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ފައިނަލަށް އޭދަފުށީ ޓީމް ދަތުރުކޮށްފިއެވެ. މިއަދު ހަވީރު އޭދަފުށީ ރަސްމީ ދަނޑުގައި ކުޅުނު މި މެޗްގައި އޭދަފުށީ ޓީމަށް ލަނޑުތައް ޖަހަދިނީ ހުސެއިން ޝިމާޒް (ކޮކީ) އާއި މުހައްމަދު ފާސިރެވެ. ކިހާދޫ ޓީމުގެ ގޯލް ޖަހައިދިނީ ހުސެއިން އީމާންއެވެ.

މުޅި މެޗްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އޭދަފުށީ ޓީމެވެ. ރީތި ފުޓްބޯޅައެއް ކުޅުނު އޭދަފުއްޓަށް ފުރަތަމަ ހާފްގައި ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އޭދަފުށީގެ ފުރަތަމަ ލަނޑު ހުސެއިން ޝީމާޒް ޖެހީ 33 ވަނަ މިނިޓްގައެވެ. ހާފިޒް އަޙްމަދު ނަގައިދިން ހުރަހެއް ޝިމާޒް ގޯލްގެ ތެރެއަށް ވައްދާލީ ބޮލުންނެވެ. ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއްނުވެ އޭދަފުށީގެ ދެވަނަ ގޯލް ޖެހީ ރިލްވާން ވަހީދު ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޙައްމަދު ފާސިރެވެ. އޭދަފުއްޓަށް ދެގޯލުގެ ލީޑެއް ލިބުމާއެކު ކިހާދޫން ވަނީ ޓީމު ކުރިއަށް ޖައްސައި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. މިގޮތުން 80 ވަނަ މިނިޓްގައި ހުސެއިން އީމާން ޖެހި ގޯލާއިއެކު ކިހާދޫއަށް އުއްމީދު އާވެގެންދިޔައެވެ. ނަމަވެސް އޭދަފުށިން ވަނީ މެޗް ނިމެންދެން ލީޑު ހިފަހައްޓާފައެވެ. މެޗް ނިމެންދަނިކޮށް 89 ވަނަ މިނިޓުގައި އޭދަފުށީ ޓީމުން ވަނީ އަނިޔާގައި ހުރި ޢަލީ ފާސިރު (ސެންޓޭ) ކުޅެން ނެރެފައެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމްގެ މުޙައްމަދު ފާސިރެވެ.

މެޗް ކުޅެމުންދިޔައިރު ކިހާދޫގެ ބެންޗުންނާއި ސަޕޯޓަރުން ވަނީ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔައި އަޑުއުފުލާފައެވެ. އަދި މެޗްގެ 73 ވަނަ މިނިޓްގައި ކިހާދޫ ޓީމުގެ ބެންޗުގައި އިން އަޙްމަދު މިފްޒާލްއަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ. މެޗް ނިމުމުން އޭދަފުށީގެ ސަޕޯޓަރުންނާއި ކިހާދޫގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުން ހިންގާފައެވެ. ކިހާދޫގެ ސަޕޯޓަރުންނާއި އޭދަފުށީގެ ސަޕޯޓަރުންނާއި ހިނގި މި ކުރިމަތިލުމުގައި ދެޓީމުގެ ސަޕޯޓަރުން ވަނީ ތަޅައިގަނެފައެވެ. ހަމަނުޖެހުން ހުއްޓުވީ އާއްމުންނާއި ފުލުހުންގެ މަސައްކަތުންނެވެ.

މިއަދުގެ މެޗަށްފަހު ދެޓީމުގެ ސަޕޯޓަރުންގެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު
މިއަދުގެ މެޗަށްފަހު ދެޓީމުގެ ސަޕޯޓަރުންގެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން – އީޓީ ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު

މެޗަށްފަހު ކިހާދޫ ޓީމްގެ އެކްޓިންގ ހެޑް ކޯޗް ހުސެއިން ނަސީރު (ނަސީ) އީޓީއާއި ވާހަކަދައްކަމުން ބުނީ މެޗްގައި ރެފްރީގެ ނިންމުންތައް ގޯސްކަމަށާއި، މެޗުން ބަލިވީ ނަސީބު ދެރަކަމުންކަމަށެވެ.

” ބޮޑަށް ނަސީބު މިކަހަލަ މެޗެއްގަ އިންނާނީ. ރެފްރީންގެ މައްސަލަތަކެއް އެބައުޅޭ. އިދިކޮޅު ކުޅުންތެރިން ޗާރޖް ކުރިޔަސް ޖެހުމެއް ނުދޭ. ހޯމް އެޑްވާންޓޭޖްވެސް މެޗްތަކުގަ ދޭ. އެކަމު އޭދަފުއްޓަށް ރެފްރީ ހޯމް އެޑްވާންޓޭޖް ދިނީ މާބޮޑަށް. ހަމަ ނުޖެހުންވެސް ހިނގީ ކިހާދޫގެ ސަޕޯޓަރުންގެ ތެރެއަށް އޭދަފުށީ ސަޕޯޓަރުން ދިއުމުން ”

އޭދަފުށީގެ ކޯޗް ޝާފީ ޢަލީ ބުނީ މިއަދުގެ މެޗަކީ މުޅި މުބާރާތުގަވެސް އޭދަފުށިން ކުޅުނު އެންމެ މޮޅު މެޗްކަމަށެވެ.

” މިއީ މުބާރާތުގަ އެންމެ މޮޅަށް ކުޅުނު މެޗް. ދިހަ ވަރަކަށް ޗާންސް ލިބުނު ގޯލްޖަހަން. ނިންމާލުމުގެ މައްސަލަ އެކަނި ދިމާވީ. ރެފްރީ ހުރީ އޭދަފުއްޓާއި ދެކޮޅަށް. ކިހާދޫ ޓީމުގެ ނަންބަރު ހަތަކަށް ރަތްކާޑު ދައްކަންޖެހޭ އެތައް ފަހަރެއް ދިޔަ. ފަހު ހާފް ފެށިގެން ނުރައްކާތެރި 6 ފައުލް އޭނަ ކުރި. އަނެއްކާ އޭދަފުއްޓާ ދެކޮޅަށް ދިނީ ވަރަށް އާދައިގެ ފައުލްތަކެއް. ރެފްރީ ބޮޑަށް ހަމަ އިދިކޮޅަށް ހުރީ. ގިނަ ފުރުސަތުތަކެއް ހޯދައި ގޯލްޖެހުމަކީ ރެފްރީ ކުރާނެ ކަމެއް ނޫން ”

މުބާރާތުގައި މާދަމާ ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި ފެހެންދޫއެވެ. މި މެޗްވެސް ފެށުމަށް ހަމަޖެހިފައިވަނީ 3:45 ގައެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އެސްޓީއޯ ނޫފަހި ބްރޭންޑް ހަމަޖައްސާފައިވާއިރު ކޯ ސްޕޮންސަރ އަކީ އުރީދުއެވެ.

ގުޅުންހުރި ލިޔުންތައް

8 ކޮމެންޓް

  1. nafeel

    ކޮބާ ހާރޫން.. ކޮމެންޓް އެއްވެސް ކޮށްލާނެ ހިތްވަރު ނެތީބާ؟ ކިހާދޫ ޓީމް ބަލިވީ އެއްވެސް ކަހަލަ އަޙްލާްޤެއް ޓީމްގެ ކުޅުންތެރިން ގައިގަ އަދި ސަޕޯޓަރުންގެ ގައިގަވެސް ނެތުމުން. މީގެ އަހަރުތަކެއް ކުރިން އޭދަފުށި ޓީމެއް ކިހާދޫއަށް ގޮސް ކިހާދޫ އާ ކުޅެ އަމިއްލަ ރަށުގަ ބަލިވުމުން އައީ ފަންތޮށި ހިފައިގެން މާރާމާރީ ހިންގަން. މި ދެން ބޮޑުވަރު ދޯ. ކިހާދޫ އަކީ އެއް ރަށަކަށް ނިސްބަތްވާ އެންމެ ގެނަ ރެފްރީން ތިބޭ އެއް ރަށް. ހުސްވެސް ދަންނަ ނުދަންނަ.

    ރައްދު
  2. ހޮނިހިރު ބަތްޕެން

    އޭދަފުށީ ޖެހި ލަނޑުގަ ނެގި ހުރަސް އެއީ ރަނގަޅު ހުރަހެއް. ބޯޅަ އެއްކޮށް ބޭރެއް ނުވޭ. ގަވައިދު ނޭނގެންޔާ ތިހެންވެސް ކިޔޭނެ. ލައިންސްމަން ގެ ފަރާތުންނާ ރެފްރީގެ ފަރާތުން މިސްޓޭކްތަކެއް ފެނުން. އެއީ ފުޓްބޯޅައިގެ އާދަ. އެ ނިންމުންތައް ދެކޮޅަށްވެސް ދިޔަ. ވަކި ކިހާދޫއެއް ނޫން. އޭދަފުއްޓަށް ލިބުނު ކޯނަރެއް ރެފްރީ ނިންމީ ގޯލް ކުރިމަތިން ޖެހުމެއް ކަމަށް. ހަމަ އެގޮތަށް އޮފްސައިޑް ނުވާ ބޯޅައެއްވެސް އޮފްސައިޑްކަމަށް ހެދި. އެވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް. ގޯލް ޖަހަން ކިހާދޫއަށް ފުރުސަތެއް ލިބުުނުނު ނަމަ މައްސަލަ ޖައްސަން އޯކޭ. އެކަމް ގޯލް ޖަހާނެ ފުރުސަތެއްވެސް ތަނަވަސް ނުކުރެވުނު. މުޅި މެޗްގަ ބޯޅަ ފަހަތުން ދުވުން ނޫންކަމެއް ކިހާދޫ ކުޅުންތެރިން ނުކުރޭ. ގޮއިދޫ މެޗްގަވެސް ކިހާދޫ މީހުންނަށް ރެފްރީ ގޯސްވީ ހަމަ. އެހެންވީމަ ބަލިވާ ކޮންމެ ފަހަރަު ރެފްރީ ގޯސްވޭއެބަ. އޭދަފުށި ވީމައެއް ނޫން.
    ދެން އޮތީ ނަންބަރ 7 އަށް ރަތްކާޑު ދައްކަންޖެހޭ ވާހަކަ. އެއީ ވަރަށް ބޮޑު ތެދެއް. މެޗް ބަލަން ތިބި އެންމެވެސް ގަބޫލުކުރާނެ ހަގީގަތެއް އެއީ. ކިހާދޫ ބަތްޕޮޅިއަށް އެކަމާ ދެކޮޅަށް އެއްޗެއް ބުނެވޭކަށް ނޯންނާނެ. އޭދަފުށީ ޓީމުން ކުޑަކޮށްވެސް އެޕީލް ކުރަމުންދިޔަ ނަމަ އޭނައަށް ރަތްކާޑު ދައްކާނެ. އެއާ ހިލާފަށް ކިހާދޫ ޓީމުން ދިޔައީ މުޅި މެޗްގަ އެޕީލް ކުރަމުން. ކިހާދޫއަށް އިނގޭ އެނޫން ގޮތަކަށް މޮޅެއް ނުވާނެކަން.
    ކޮންމެ ގޮތެއް ވިޔަސް އޭދަފުއްޓާއި ކިހާދޫގެ ފެންވަރު ވަރަށް ތަފާތު. ކިހާދޫއަށް ކުޑަރިކިލު ބަލިކުރެވުން އެއީ ހަމަ ނަސީބު. މާމޮޅު ކަމެއް ކިހާދޫން މި މުބާރާތުގަ ކޮށްފައެއް ނުވޭ. މެޗަކުން މޮޅުވި ކަމަށްޓަކާ ޝުކުރު ކުރުން ބުއްދިވެރި. ވަރަށް ސަލާމޭ. ފުޓްބޯޅައިގައި ވާނުވާ އެނގިގެން ވާހަކަ ދެއްކުން އެއީ ވަރަށް ސަޅިކަމެެއް.

    ރައްދު
  3. އަބުސީ

    ކިހާދޫ މީހުނަށް ބަލި ހަޖަމް ނުކުރެވޭތީ ވަރަށް ދެރަ….ކޫލިވަރުގައި ކޮންމެވެސް އެއްބަޔެއް މޮޅުވެ އަނެއް ބަޔަކު ބަލިވާނެ…..ލަދުން ބޯ ހަލާކު

    ރައްދު
  4. މަމީ

    ކިހާދޫ ޓީމުން ކުރި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދެން… ރަށުންބޭރުން ރަނގަޅު ދެތިން ކުޅުންތެރިން ގެންނަނިކޮށް ތަށި ލިބިދާނެ… ހިތްވަރު ކުރޭ

    ރައްދު
  5. އަސްލު ބަތްޕޮޅި

    އަސްލު ކިހާދޫގެ ފެންވަރު މިއަދު އެގިއްޖެ… ބަލިވީމަ ހަޖަމްނުވާ ބައެއް ކިހާދޫ މީހުންނަކީ….. މުބާރާތުގައި އެންމެ މެޗަކުން މޮޅުވެގެން އަރުވާ ވަރު މީ…. އެހެންނޫނަސް ސަޕޯޓަރުންގެ ކިބައި ފެނިގެންދިޔައީ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް… ކިހާދޫ ބަތްޕޮޅި ދެންލަލަލާ… ނުވާނެ ތިކަމެއް ބަތްޕޮޅި ވިއްކާލަ ވިއްކާލަ ތިބޭ… ސީ ޔާ ނެކްސްޓް ޓައިމް…

    ރައްދު
  6. kkk

    ރެފްރީ ގެނިންމުން ވަރައްގޯސް .މިކަހަލަ ރެފްރީން ނާއެކު ކުޅުނީމާ ހަލާކުވަނީ ކުޅުންތެރިންގެ ކުޅުން. އޭދަފުށީ ޓީމުގެފުރަތަމަ ލަނޑު އެއީބޭރު ރޮގުގެ ބޭރުން ނެގި ހުރަހެެއް.

    ރައްދު
  7. ބަތްޕެން

    އެއްކަލަ ކިހާދޫ މީހުން ބަލިވެއްޖެ. މުޅި މެޗްގައިވެސް އޭދަފުށިން ކުޅުނީ ވަރަށް ރީތިކޮށް. ހީވަނީ ބާސެލޯނާ ކުޅެލާހެން. ކިހާދޫ ކުޅުންތެރިން ތިބީ ހަދާނެގޮތް ހުސެވެފަ. ދެން ގޯލެއް ޖެހުނީމަ މާބޮޑަށް ފޮނިވީ. އަސްލު މުޅި މެޗްގަ އޭދަފުށި ކުޅުނީ ވަރަށް މޮޅަށް. ދެން ބަލިވީމަ ރެފްރީ. ޝާފީ ބުނިހެން ކިހާދޫގެ އަޔާޒް އަކީ ދަނޑުމަތީގަ ބަހައްޓަންވީ މީހެއް ނޫން. ރަތްކާޑު ދައްކަމުންގޮސް ރަށާ ހަމައަށް ފޮނުވާލަންވެފަ އެސޮރު ހުރީ. ކިހާދޫ ބަތްޕޮޅިއަށް ބުނެލަން އޮތީ ބައްޕެން ބޮއެގެން ގައިގަ ވަރުޖައްސައިގެން ދަނޑަށް އަރަނީ ކޮންމެސް ކަމަކު އޭ. އޭދަފުއްޓާ ހަމައަށް އަންނަށް ކިހާދޫ އަދި 10000 އަހަރު ވަރު ނަގާނެ. ވަރަށް ކަޑަވާނެ މިހާރު. ހަަހަހަ…ހާ.. ލޮލް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.