ދަރަވަންދުއަށް ކުރާ ދަތުރު ތަކުގެ އަގުތަކަށް ބަދަލުތަކެއް

މޯލްޑިވިއަންގެ ފްލައިޓެއް ދަރަވަންދޫ އެއާޕޯޓެއް ޖައްސަނީ

 

ދިވެހި ގައުމީ އެއާލައިންއާއި ވިލާ އެއާއިން ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ކުރާ ދަތުރު ތަކުގެ އަގުތަކަށް ބަދަލު ގެނެސްފި އެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު އީޓީ އަށް ވިދާޅުވީ މިއަހަރު ޖެނުއަރީ އެކަކުން ފެށިގެން އެ އެއާލައިން އިން ކުރާ ޑޮމެސްޓިކް ދަތުރުތަކުގެ ޓިކެޓްގެ އަގުތަކަށް ބަދަލުގެނެސްފައި ވާނޭކަމަށެވެ. އެގޮތުން ދަރަވަންދުއަށް ނޯމަލްފެއާގެ އެއްކޮޅުޓިކެޓަކަށް ކުރިން ނަގަމުން އައި 848 ރުފިޔާގެ ބަދަލުގައި މިހާރު ނަގަމުން ގެންދާނީ 864 ރުފިޔާ ކަމަށެވެ. ހަމައެއާއިއެކުން ކުރިން ނޯމަލް ފެއާގައި ދެކޮޅު ޓިކެޓަކަށް ނަގަމުން އައި 1696 ރުފިޔާގެ ބަދަލުގައި މިހާރު ނަގަމުން ގެންދާނީ 1728 ރުފިޔާ ކަމަށެވެ.

ކުރިން ތިން މީހުންގެ ގްރޫޕެއްނަމަ ސްޕެސަލް ފެއާގެ ގޮތުގައި ދޫކުރަމުން ގެންދިޔަ އެއްކޮޅު ޓިކެޓް ހަމަ ކުރިއެކޭ އެއްގޮތައް 675 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށެވެ. ނަމަވެސް ސްޕެސަލް ފެއާގެ ޓިކެޓް މީގެ ފަހުން ރީފަންޑް ކޮއްނުދެވޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި ސްޕެސަލް ފެއާގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 1350 ރުފިޔާއެވެ. އެގޮތުން ސްޕެސަލް ފެއާގެ ޓިކެޓެއް ބަދަލުކުރަން ޖެހިއްޖެނަމަ ބަދަލު ކުރެވޭނީ ނޯމަލް ފެއާރޭޓުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވީ ސްޕެސަލް ފެއާގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަ ޓިކެޓްގެ އަގު ތަފާތު ނުވާނެ ކަމަށާއި ނޯމަލް ފެއާގައި ކުޑަކުއްޖެއްގެ އެއްކޮޅު ޓިކެޓަށް މިހާރު ނަގަމުން ގެންދާނީ 769.50 ރުފިޔާކަމަށެވެ. އަދި ކުޑަކުއްޖެއްގެ ދެކޮޅު ޓިކެޓްގެ އަގު މިހާރު އުޅޭނީ 1539 ރުފިޔާ އަށެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް ޝެޑިއުލް ފަސް ފްލައިޓް ދަރަވަންދޫ އެއާޕޯޓަށް ޖައްސާނެ ކަމަށްވެސް މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވި އެވެ.

ވިލާއެއާގެ އޮފިޝަލަކު ވިދާޅުވީ ޖަނަވަރީ އެކަކުން ފެށިގެން ޓީޖީއެސްޓީ އިތުރަށް ނަގަންފަށާފައިވާތީވެ މިއެއާރލައިންއިން ދަތުރުކުރާ ހުރިހާ މަންޒިލް ތަކުގެ ޓިކެޓްގެ އަގުތަކަށް ބަދަލުގެންސްފައި ވާނޭކަމަށެވެ. އަދި މިއަގުތަކަށް ބަދަލު ގެނެސް ފައިވާނީވެސް އަށްޕަސެންޓްގެ ޖީއެސްޓީ ވެސް ހިމަނައިގެން ކަމަށް ބުނެއެވެ.

މިގޮތުން ކުރިން ބޮޑުމީހަކަށް 675 ރ އަށް ވިއްކަމުންދިޔަ ޓިކެޓް މިހާރު ލިބެން ހުންނާނީ 690 ރ އަށެވެ. އަދި ދެކޮޅު ޓިކެޓް ނަންގަވާނަމަ އެޓިކެޓްގެ އަގަކީ 1380 ރުފިޔާއެވެ. ކުޑަކުއްޖެއްގެ އެއްކޮޅު ޓިކެޓެއްނަމަ މިހާރު ޓިކެޓްގެ އަގަކަށް ވާނީ 345 ރުފިޔާއެވެ. އެއީ ކުރިއާ އަޅާބަލާއިރު އެންމެ 8 ރ ގެ ބޮޑުވުމެކެވެ.

ދެ އެއާލައިނުންވެސް ހާމަކުރައްވާ ގޮތުގައި އަގުތަކަށް މިބަދަލު ގެންނަން ޖެހުނީ މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޓީޖީއެސްޓީ އަށްޕަސެންޓް ނަގަންފެށުމުގެ ސަބަބުންނެވެ. އަދި ހަމައެއާއިއެކު ދެ އެއާލައިންގެވެސް އެތެރޭގެ އުދުހުން ތަކަށް ބަދަލުގެނެސްފައިވާކަން ފާހަގަ ކުރެވެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ބޯހަލާޚު

    ބޯހަލާކު، ޓީ.ޖީ.އެސް.ޓީ ބޮޑުވިޔަސް އަގުބޮޑުކުރަންޖެހޭތަ؟ ދަތުރުގެ އަގު ބޮޑުކުރަންޖެހޭ ކަމެެއް ނުވިސްނޭ! ޓީޖީއެސްޓީ ދޯ ބޮޑުވާންޖެހޭނީ، ދަތުރުގެ ޚަރަދު ބޮޑުވާންޖެހޭބާ، ޓީ.ޖީ.އެސް.ޓީ ބޮޑުވީ 2%. ދެން އަގު އިންތިހާއަށް އުފުލަންވީ. މޯލްޑިވިއަން އަދި ހީވޭ އަގުބޮޑުކުރުމަށް މޮޔަވެފަ ތިބިހެން.

    ރައްދު
  2. ކިހާދޫ ކޮއެ

    އަދިވެސް ޓިކެޓް އަގު ބޮޑުވަނީ ދޯ. ކޮން ދުވަހަކުންބާ އަގު ހެޔޮ ވާނީ. މާމިގިއްޔަށް މާ އަގު ހެޔޮ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.