ޑުސިޓުން ޓޫރިޒަމް ދާއިރާގެ މައުލޫމާތު ލިބޭ މޮބައިލް އެޕެއް ތައާރަފުކޮށްފި

ޑުސިޓުން ތައާރަފުކުރި ޓޫރިޒަމް ދާއިރާގެ މައުލޫމާތު ލިބޭ އެޕްގެ ސްކްރީން ޝޮޓެއް
ޑުސިޓުން ތައާރަފުކުރި ޓޫރިޒަމް ދާއިރާގެ މައުލޫމާތު ލިބޭ އެޕްގެ ސްކްރީން ޝޮޓެއް

 

މުއްދޫ ރިސޯޓުގައި ހިންގަމުން ގެންދާ ޑުސިޓް ތާނީ މޯލްޑިވްސް އިން ޓޫރިޒަމް ދާއިރާގެ މައުލޫމާތު ލިބޭ މޮބައިލް އެޕެއް ތައާރަފުކޮށްފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޓްރެވަލް ޑެއިލީ ނިއުސްގައި ވާ ގޮތުގައި ޓޫރިޒަމް ދާއިރާގެ މައުލޫމާތު ލިބޭ މި މޮބައިލް އެޕްގައި ޓޫރިސްޓް ރިސޯޓްތަކާއި ޑައިވް ސެންޓަރުތައް އަދި ގެސްޓް ހައުސްތަކުގެ މައުލޫމާތުވެސް ފަސޭހަކަމާއެކު ފޯރުކޮށްދެ އެވެ.

ޑުސިޓް ތާނީ މޯލްޑިވްސްގެ ޑިރެކްޓަރު ސޭލްސް އެންޑް މާކެޓިން ތަނޮސް ލަޔޮންސަޓޮސް ވިދާޅުވި ގޮތުގައި މިފަދަ މޮބައިލް އެޕެއް ތައާރަފު ކުރުމުގެ ބޭނުމަކީ ޓޫރިސްޓުންނަށް ފަސޭހަކަމާއެކު ޓޫރިޒަމް ދާއިރާގެ މައުލޫމާތު ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މި މޮބައިލް އެޕް މެދުވެރިކޮށް މުސްތަގުބަލުގައި އެ ރިސޯޓުން ލިބޭ ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެމް ހޮސްޕިޓާލިޓީ” ގެ ނަމުގައި ތައާރަފުކޮށްފައިވާ މި މޮބައިލް އެޕްގައި ޓޫރިސްޓުންނަށް ރިސޯޓުން ލިބޭ ހިދުމަތްތަކާ މެދު ހިޔާލެއް ވެސް ދެވެ އެވެ. އަދި އޮންލައިންކޮށް ބުކިން ހެއްދުން ފަދަ ހިދުމަތްތައް ވެސް ލިބެ އެވެ.

ގާތްގަނޑަކަށް 77 މިލިއަން ޑޮލަރު (1.1) މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ބ. މުއްދޫގައި ހިންގަމުން ގެންދާ ޑުސިޓް ތާނީ ރިސޯޓަކީ 100 ވިލާގެ ރިސޯޓެކެވެ. މި ރިސޯޓުގައި 46 ބީޗް ވިލާއާއި 30 ވޯޓާ ވިލާގެ އިތުރުން 20 އޯޝަން ވިލާ ހުރެ އެވެ. ޚަބަރު އަވަސް.އެމްވީ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.