ބ. އަތޮޅަށް ގޮންޖަހާލައި ޑިސެންބަރު 21 އަމިއްލަފުށި ހުޅުވަނީ

އަމިއްލަފުށި ފޮޓޯ- އަމިއްލަފުށި
އަމިއްލަފުށި ފޮޓޯ- އަމިއްލަފުށި

ދަ ސްމޯލް މޯލްޑިވްސް އައިލެންޑުން ބ. އަތޮޅު ފިނޮޅަހުގައި ތަރައްގީ ކުރަމުންދާ “އަމިއްލަފުށި” 83 އިންސައްތަ ދިވެހި މުވައްޒަފުންނާ އެކު ބ. އަތޮޅުގެ ރިކޯޑު މުގުރާލައި ޑިސެންބަރު 21 ގައި ހުޅުން ނިންމައިފި އެވެ.

ދިވެހި ސަގާފީ ނަންތަކުން މަގާމުތަކަށް ނަންދީފައިވާ އެ ރިޒޯޓުގެ ޕްރީއޯޕަނިންގ ޓީޝާޓުތައް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން “އަމިއްލަފުށި” ގެ ބޮޑުކަތީބު މރ ޓޮމްމެކްލޮފްލިންގ ވިދާޅުވީ މިއީ ބ. އަތޮޅަށާއި ރާއްޖެއަށް ނަމޫނާ ރިޒޯޓަކަށް ވެގެންދާނެ ކަމަށެވެ.

އަމިއްލަފުށި ފޮޓޯ- އަމިއްލަފުށި
އަމިއްލަފުށި ފޮޓޯ- އަމިއްލަފުށި

އަމިއްލަފުށީގެ މެނޭޖުމަންޓުގެ އިސް މަގާމުތަކުގައި ގިނައީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ. އަދި 250 އަށްވުރެ ގިނަ މުވައްޒަފުން އުޅޭ އެ ރިޒޯޓުގެ 83 އިންސައްތަ މުވައްޒަފުންނަކީ ދިވެހިނެވެ.

މިއަހަރު ރާއްޖޭގައި ބޭއްވި ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ބ. އަތޮޅުގެ ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 55 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީންނެވެ.

ޓްރެވަލް ޑެއިލީއަށް މައުލޫމަތު ދެއްވަމުން އަމިއްލަފުށީގެ ބޮޑުކަތީބު ވިދާޅުވީ ރާއްޖޭގެ އެހެން ލަގްޒަރީ ރިޒޯޓުތަކާއި ހިލާފަށް އަމިއްލަ ފުއްޓަށް ޒިޔާރާތް ކުރާ ފަތުރުވެރިންނަށް ގިނަ ޚިދުމަތްތަކެއް އިތުރު ފީއަކާއި ނުލާ ލިބިގެންދާނެ ކަމަށެވެ. އެގޮތުން ވައިފައި އިންޓަނެޓައި ވޯޓަ ސްޕޯޓްސްއާއި ބްރެކްފަސްޓާއި ކޮންމެ ދުވަހަކު ކޮންމެ ފަތުރުވެރިއަކަށް 50މިނެޓުގެ ސްޕާޓްރީޓްމެންޓް ލިބޭނެ ކަމަށެވެ.

އަމިއްލަ ފުއްޓަކީ ބ. އަތޮޅުގައި ހުޅުވޭ 9 ވަނަ ރިޒޯޓެވެ. މި ރިޒޯޓަކީ “ވޯލްޑްހޮޓެލެސް” ގެ ރާއްޖޭގައި ހުޅުވޭ ފުރަތަމަ މެންބަރ ހޮޓަލްވެސްމެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.