ބ. އަތޮޅު ކައުންސިލުގެ އާ ވެބްސައިޓް ލޯންޗްކޮށްފި

ބ. އަތޮޅު ކައުންސިލު އިދާރާގެ އާ ވެބްސައިޓް އަތޮޅު ކައުންސިލުގެ ރައީސް ލޯންޗުކޮށްދެއްވަނީ-- އީޓި ފޮޓޯ / ތޯރިގު
ބ. އަތޮޅު ކައުންސިލު އިދާރާގެ އާ ވެބްސައިޓް އަތޮޅު ކައުންސިލުގެ ރައީސް ލޯންޗުކޮށްދެއްވަނީ– އީޓި ފޮޓޯ / ތޯރިގު

 

ބ. އަތޮޅު ކައުންސިލު އިދާރާގައި މިހާރު ބޭނުން ކުރާ ވެބްސައިޓަށް ޒަމާނީ ގިނަ ބަދަލުތައް ގެނެސް އާ ވެބްސައިޓެއް މިއަދު ލޯންޗްކޮށްފި އެވެ.

އަތޮޅު ކައުންސިލުން ބާއްވާ ބަށި މުބާރާތް ހުޅުވުމަށް އޭދަފުށީ ސްޓޭޖް ސަރަހައްދުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އާ ވެބްސައިޓް ލޯންޗް ކޮށްދެއްވީ ބ. އަތޮޅު ކައުންސިލު އިދާރާގެ ރައީސް މުހައްމަދު އާދިލު އެވެ.

ބ. އަތޮޅު ކައުންސިލުން މިފަހަރު ތައާރަފުކޮށްފައިވާ އާ ވެބްސައިޓްގައި ކައުންސިލުން ނިންމާ ނިންމުންތަކާއި އިއުލާންތަކާއި ހަބަރުތަކާއި ކައުންސިލް އިދާރާގެ އެކިއެކި ޑިޕާޓްމަންޓުން ލިބޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހިމަނާފައިވެ އެވެ. އަދި އަތޮޅުގެ ރަށްރަށުގެ މައުލޫމާތާއި ޚަބަރު އަދި ކައުންސިލު ތަކުގެ އިއުލާންތައް ފަސޭހައިން ޑައުންލޯޑު ކުރެެވެން ހުރިއިރު، އަތޮޅުގެ ރަށްރަށާއި ބެހޭ އެންމެ ފަހުގެ ހަބަރާއި މައުލޫމާތު ވެސް ފަސޭހަކަމާއެކު އާ ވެބްސައިޓުން ލިބެން ހުރެ އެވެ.

ކައުންސިލުން ބުނީ އާ ވެބްސައިޓްގެ ލޯންޗު ކުރުމާއެކު އާންމުންނަށް މިހާރަށް ވުރެ ބޮޑަށް ކައުންސިލްގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.

ބ. އަތޮޅު ކައުންސިލުގެ އާ ވެބްސައިޓްގެ އެޑްރެހަކީ، ކުރިން ވެސް އެ އިދާރާގެ ވެބްސައިޓް އެޑްރެސް ކަމަށްވާ، ބާ ޑޮޓް ގައު ޑޮޓްއެމްވީ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Shah

    އަތޮޅުގެ ވެރިރަށް އޭދަފުށި ނޫން އެހެން ހުރިހާ ރަށެއްގެ ވެސް ވަރަށް ފުރހަމަ މައުލޫމާތު އެބަހުރި. މިއިންވެސް އެނގެނީ އޭދަފުށީ ކައުންސިލުގެ ނާގާބިލުކަން. އިސްތިއުފާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.