ފެހެންދޫ ޔޫތްކަޕްގެ ޗެމްޕިއަންކަން އަށް ޑަބަލް ޓީމު ހޯދައިފި

10859476_784017498336227_286982965_n

ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ފެހެންދޫ ޔޫތް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ ޔޫތްކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އަށް ޑަބަލް ޓީމުން ހޯދައިފި އެވެ.

މި ޓީމު ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު އެރަށު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އެފް. ސީ ޗެލެންޖާސްގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ. އެފް.ސީ ޗެލެންޖާސް އަކީ ވޭތުވެދިޔަ ދެއަހަރުގެވެސް ޗެމްޕިއަނުންނެވެ. އަށް ޑަބަލް ޓީމަށް މިމެޗުގައި ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަޙްމަދު ޝާންއެވެ. އެ ޓީމުގެ އަނެއް ގޯލް ޖެހީ އިބްރާހިމް ޝާހީން އެވެ. އެފް. ސީ ޗެލެންޖާސް ގެ ހަމައެކަނި ގޯލް ޖެހީ އަޙްމަދު އަޔާޒް އެވެ.

10846811_784017215002922_324730962_n

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފް. ސީ ޗެލެންޖާސްގެ މުޙައްމަދު ރީހާން އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމާއި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަށް ޑަބަލް ޓީމުގެ އިބްރާހިމް ޝާހީންއެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް އަށް ޑަބަލް ޓީމަށް ކުޅުނު ގައުމީ ޓީމުގެ ކީޕަރ މުޙައްމަދު އިމްރާން ހޮވުނުއިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އެފް. ސީ ޗެލެންޖާސް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އަށް ޑަބަލް ޓީމުގެ އިބްރާހިމް ޝާހީން އާއި އާދަމް ނަސީމްގެ އިތުރުން އެފް. ސީ ޗެލެންޖާރސް ގެ އަޙްމަދު ނިޒާމް އާއި އަޙްމަދު އަޔާޒްގެ އިތުރުން ހޮޓް ލެޖެންޑްސް ގެ އަޙްމަދު ނާޝިދެވެ.

ޑިސެމްބަރ 11 އިން 14 ގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގައި މިފަހަރު ފެހެންދޫގެ 6 ޓީމެއް ވާދަކުރި އެވެ. ރަށުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި، އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް އަންނަ އަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް މުބާރާތް އިންތިޒާމުކުރާ ފެހެންދޫ ޔޫތް ކްލަބުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.