ފޯސީޒަންގައި އޮންނަ ފުޓްބޯޅަ ޓްރެއިނިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ފާއްޓޭއަށް

މުހައްމަދު ފާސިރު (ފާއްޓޭ)
މުހައްމަދު ފާސިރު (ފާއްޓޭ)

 

ފޯ ސީޒަން ރިސޯޓް ލަނޑާ ގިރާވަރުގައި މިމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއުސިކާ ކޮޕާ 2014 އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ފުޓްބޯޅަ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓޭ) އަށް ލިބިއްޖެއެވެ.

IMG_8639 (1)

އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޓްރެއިނަރު ފާސިރަށް ލިބުނު މި ފުރުސަތުގައި މިމަހު 20-26 އަށް ލަނޑާ ގިރާވަރުގެ ކުޅުންތެރިންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދެވޭނެ އެވެ. އެ ރިސޯޓުގެ އެސްޓްރޯ ޓާފްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގ ގައި ރިސޯޓުގައި އުޅޭ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ކުޑަކުދިންނާއި، ގެސްޓުންނާއި، ސްޓާފުންވެސް ހިމެނޭނެކަމަށް އެ ރިސޯޓުން ބުނެއެވެ.

މިއުސިކާ ކޮޕާ އަކީ ކޮންމެ އަހަރަކުވެސް އެ ރިސޯޓުން އިންތިޒާމު ކުރާ ކުޅިވަރު ހަރަކާތެކެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އިން ޖެނުއަރީ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ މުބާރާތުގައި 4 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ މުހައްމަދު ފާސިރަކީ މީގެ ކުރިން އެއްވަނަ ޑިވިޝަންގައި ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. ފާސިރު ވަނީ ފީފާ އޮލިމްޕިކް ސޮލިޑަރިޓީ ކޯޗިންގ ކޯސް 2010 ވަނަ އަހަރު ފުރިހަމަކޮށްފައެވެ. ރަށުގައި ފުޓްބޯޅަ ކުޅެމުން، ފާއްޓޭ މިހާރު ބޮޑަށް މަސައްކަތްކުރަނީ ރަށުގައި ބާއްވާ މުބާރާތްތަކުގައި ކުޅުންތެރިންނަށް ޓްރެއިނިންގ ދިނުމުގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.