އޭދަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއް ގޮނޑުދޮށަށް ލައްގައިފި

މިއަދު ހެނދުނު އޭދަފުށީ ފަޅުތެރެއަށް ލައްގާފައި އޮތް ދޯނި ފުންކުރުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ / ނައުރީފް
މިއަދު ހެނދުނު އޭދަފުށީ ފަޅުތެރެއަށް ލައްގާފައި އޮތް ދޯނި ފުންކުރުމުގެ މަސައްކަތް ކުރަނީ– ފޮޓޯ / ނައުރީފް

މިއަދު ހެނދުނު އައި ބާރުގަދަ ވިލާގަޑެއްގައި، ވައި ގަދަވެ އޭދަފުށީ ދެކުނު ފަރާތުގެ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއް ގޮނޑުދޮށަށް ލައްގައިފި އެވެ.

ރަށުގެ ދެކުނު ފަރާތުގެ ހިއްކި ސަރައްދުގެ ގޮނޑުދޮށަށް ލައްގާފައިވަނީ މިރަށު ކިނިބިގަސްދޮށުގޭ އިބްރާހިމް އަބޫބަކުރުގެ ވަދު ދޯންޏެވެ. ދޯނި ލެއްގީ ފަޅުތެރޭގައި އަޅާފައި އޮއްވައި އައި ބާރުގަދަ ވިލާގަނޑެއްގައި ދޯނީގެ ނަގިލި ކަހާލައިގެން ކަމަށްވެ އެވެ.

މިއަދު ހެނދުނު އޭދަފުށީ ފަޅުތެރެއަށް ލައްގާފައި އޮތް ދޯނި ފުންކުރުމުގެ މަސައްކަތް ކުރަނީ-- އީޓީ ފޮޓޯ / ސައިނޯސާ ރާއި
މިއަދު ހެނދުނު އޭދަފުށީ ފަޅުތެރެއަށް ލައްގާފައި އޮތް ދޯނި ފުންކުރުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

އިންޖީނު ނަގާ ފަޅުތެރޭގައި އަޅާފައިއޮތް އެ ދޯނި ގޮނޑު ދޮށަށް ލައްގާފައި އޮތްކަން އެނގުނުއިރު ދޯންޏަށް އޮތީ ގިނަ އަދަކަށް ވެލި އަރައި އަޑިއަށް ގޮސްފަ އެވެ.

ރަށުގެ ގިނަ އަދަދެއްގެ އާއްމުން ނުކުމެ ދޯނި މިހާރުވަނީ އެއްގަމަށް އެހެލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.