“އަމިއްލަފުށި” ރިސޯޓް މިއަދު ހުޅުވައިފި

އަމިއްލަފުށި ރިސޯޓް
އަމިއްލަފުށި ރިސޯޓް

 

ބ. ފިނޮޅަހުގައި ހަދާފައިވާ ފެންވަރު މަތީ ރިސޯޓް “އަމިއްލަފުށި” މިއަދު ހުޅުވައިފި އެވެ.

ބ. އަތޮޅުގެ ބަޔޮސްފެއާ ރިޒާވް ކައިރީގައި އޮންނަ ހިތްގައިމު ރަށުގައި ކޯސްޓްލައިނުން ހެދި ރިސޯޓްގައި 71 ކޮޓަރި ހުރެ އެވެ.

އަމިއްލަފުށި ރިސޯޓްގެ އައިލެންޑް މެކް ލޯލިން ވިދާޅުވީ ރާއްޖޭގެ އެންމެ ހިތްގައިމު ރިސޯޓްތަކުން ލިބޭ ފެންވަރުގެ ހިދުމަތަކާ އެ ރަށުން ދޭ ހިދުމަތްތަކާ ތަފާތެއް ހުރި ކަމަށް އިހުސާސެއް ނުކުރެވޭނެ ކަމަށެވެ. އަދި ޓޫރިސްޓުންނަށް ސިހުން ލިބޭ ފަދަ އަގެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމިއްލަފުށި ރިސޯޓް ހިންގަނީ ކޯސްޓްލައިންގެ ހިއްސާ އޮންނަ ދަ ސްމޯލް މޯލްޑިވްސް ކޮމްޕެނީންނެވެ. ކޯސްޓްލައިނަކީ ބ. ދަރަވަންދޫގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރި ކުންފުންޏެވެ.

އަމިއްލަފުށި ރިސޯޓުގެ ކޮޓަރިއެއް
އަމިއްލަފުށި ރިސޯޓުގެ ކޮޓަރިއެއް

 

“އަމިއްލަފުށި” ބްރޭންޑް ނަމާ އެކު ހުޅުވާ ރިސޯޓުގައި 1200 މީޓަރުގެ ސްވިމިން ޕޫލަކާއި 15 ކޮޓަރީގެ ސްޕާއެއްގެ އިތުރުން ޔޯ އަދި ފިޓްނަސް ޕެވިލިއަންއެއް ވެސް ހުރެ އެވެ. އަދި އެ ރަށުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭ ތަންތަނާއި ޑައިވިންގެ އިތުރުން މޫދު ކުޅިވަރު ކުޅެވޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މެކް ވިދާޅުވީ ކޮޓަރީގެ އަގު ނުލައި ހިލޭ ބްރެކްފާސްޓާއި ވައިފައި އިންޓަނެޓް ވޯޓާ ސްޕޯޓްސް އުޅަނދުތަކާއި 50 މިނެޓްގެ ސްޕާ ޓްރީޓްމަންޓެއް ވެސް ލިބޭނެ ކަމަށެވެ.

އަމިއްލަފުށީގެ ކޮޓަރިއެއްގެ އަގު ފެށޭނީ ރެއަކަށް 2000 ޑޮލަރުންނެވެ.

ދަރަވަންދޫ އެއާޕޯޓާ ވަރަށް ކައިރީގައި އޮންނަ އަމިއްލަފުށި މިހާރު ވެސް ވަނީ ރާއްޖޭގައި މި ފަހުން ތަރައްގީކުރި ހިތްގައިމު އަދި އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ލިސްޓްގައި ހިމެނިފަ އެވެ. އަމިއްލަ ފުއްޓަކީ ބ. އަތޮޅުގައި ހުޅުވުނު 9 ވަނަ ރިޒޯޓެވެ.

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.