
ޑީއާރުޕީ ޓިކެޓްގައި ބ. އަތޮޅު ކައުންސިލަށް އިންތިހާބުވި، އަބްދުލްމުއުމިން އާދަމް އާއި ހުސައިން ޒަމީލް (ޒަމްބެ) ޑީއާރުޕީން ވަކިވެވަޑައިގެންފި އެވެ.
މުއުމިން މިރޭ އީޓީއަށް ވިދާޅުވީ އޭނާ ޑީއާރުޕީން ވަކިވުމަށް މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ޑީއާރުޕީން ވަކިވެ ކައިރި މުސްތުބަލެއްގައި ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
ޒަމްބެ ޕީޕީއެމް އަށް ސޮއިކުރައްވާފައިވަނީ ރޭ ގިނަ އަދަދެއްގެ ކައުންސިލަރުން އެ ޕާޓީއަށް ސޮއިކުރެއްވުމަށް ޕީޕީއެމްގެ އޮފީހުގައި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ ގިނަ ކައުންސިލަރުންތަކެއް ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޕީޕީއެމްގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެއީ އަބަދުވެސް ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ.
އަބަދުވެސް އެތޯ ރަގަޅީ ، މިތޯ ރަގަޅީ ބަލަބަލަ ތިބެނީ ، މިއަދު PPM މާދަމާ JM ކީއްކުރާނީ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ފެން އޮތްތަނަކަށް ދުވަން ތިބޭބައެއް…