ޑައުން ޓައުން އިން ފުޓްސަލް މުބާރާތެއް ބާއްވަނީ

ނިއު ޑޯން ކަޕް 2012 ގެ ޗެމްޕިއަން ޑައުން ޓައުން – އީޓީ ފައިލް ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު
ނިއު ޑޯން ކަޕް 2012 ގެ ޗެމްޕިއަން ޑައުން ޓައުން – އީޓީ ފައިލް ފޮޓޯ: އިބްރާހީމް ޒަހާން ޒާހިރު

ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ނަމުގައި 18 އަހަރުން ދަށުގެ ފުޓްސަލް މުބާރާތެއް ބާއްވައް ނިންމާ، މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ޑައުން ޓައުން އިން ހުޅުވާލައިފި އެވެ.

މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 5 އިން 12 އަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ޓީމަކުން ވެސް މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރިނޯން ފިހާރަ އަށް ސިޓީއަކުން އެކަން އަންގަންޖެހޭ ކަމާއި އަދި ބައިވެރި ވުމަށް ކޮންމެ ޓީމަކުން ވެސް -/500ރ. ގެ ޗަންދާއެއް ދައްކަންޖެހޭކަމަށް މުބާރާތް އިންތިޒާމުކުރާ ޑައުން ޓައުން އިން މައުލޫމާތު ދެއެވެ.

މި މުބާރާތަކީ ކުޑަ ކުދިންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޫރުމާއި، ރަނގަޅު މޮޅުކުޅުން ތެރިން ތަކެއް އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 9922040 ، 7422344 އަށް ގުޅުއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.