ހަތަރު ގަޑިއިރަށް މުޅި ރަށުން ކަރަންޓް ކަނޑާލަނީ

އޭދަފުށީ އިންޖީނުގެ. ހޮނިހިރު ދުވަހު ހަތަރު ގަޑިއިރަށް މުޅި ރަށޫން ކަރަންޓް ކަނޑާލާނެ.
އޭދަފުށީ އިންޖީނުގެ. ހޮނިހިރު ދުވަހު ހަތަރު ގަޑިއިރަށް މުޅި ރަށޫން ކަރަންޓް ކަނޑާލާނެ.

 

ފެނަކަ ބ. އޭދަފުށީ އިންޖީނުގޭގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ދަށުން އެތަނުގެ ޕެނަލް ބޯޑަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށްޓަކައި އަންނަ ހޮނިހިރުދުވަހު ހަތަރު ގަޑިއިރަށް ކަރަންޓް ކަނޑާލާ ގޮތަށް ހަމަޖައްސައިފި އެވެ.

އޭދަފުށީ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރު އަހްމަދު އަންވަރު ވިދާޅުވީ ޕެނަލް ބޯޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހޮނިހިރު ދުވަހު ކުރާއިރު މިހާރު ބޭނުންކުރާ ހުރިހާ ޖަނަރޭޓަރުތަކެއްވެސް ނިއްވާލަންޖެހޭ ކަމަށާއި އެހެންކަމުން ހޮނިހިރު ހެނދުނު 8 ން 12 އަށް މުޅި ރަށުން ކަރަންޓް ކަނޑާލެވޭނެ ކަމަށެވެ.

ކަރަންޓް ކެނޑޭނެކަން އެންގުމަށާއި އާންމުންގެ މައުލޫމާތަށްޓަކައި އޭދަފުށީ އިންޖީނުގެއިން މިކަން ވަނީ އިއުލާންކޮށްފަ އެވެ.

އަންވަރު ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހު މުޅިރަށުން ހަތަރު ގަޑިއިރަށް ކަރަންޓް ކަނޑާލާ އިރު ތަނުގެ ހުރިހާ މުވައްޒަފުންވެސް ތިބީ ވަރަށްބޮޑަށް ތައްޔާރުވެގެން ކަމަށާއި މި މަސައްކަތުގެ ތެރޭގައި ވަގުތު އަވަސްވެ ނުވަތަ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

“މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ އެންމެހައި ދަތިތަކަށް މި އިންޖީނުގެއިން ނިހާޔަތަށް މައާފަށް އެދެން”، އިންޖީނުގެއިން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށްގޮސް އެތަނުގެ އިންޖީނުތަކުގެ ކެޕޭސިޓީއަށް ނުފެތިގެން މިއަހަރު ކުރީ ކޮޅުން ފެށިގެން ދޭތެރެ ދޭތެރެއިން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލަމުން ގޮސްފައިވެ އެވެ. ނަމަވެސް އޭދަފުށީ ކައުންސިލުން ހަދިޔާކުރި ޖަނަރޭޓަރު ރޯދަމަހުތެރޭ ވަގުތީގޮތުން ބޭނުން ކުރަން ފެށުމާއެކު ކަރަންޓް ކެނޑުމުގެ މައްސަލައަށްވަނީ އެދެވޭ ހައްލެއް އައިސްފަ އެވެ.

އަދި ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިދިޔަ އޮކްޓޯބަރުމަހު އޭދަފުއްޓަށް ގެނެސްފައިވާ 600 ކިލޯ ވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން ކަރަންޓްގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވާނެ ކަމަށް އޭދަފުށީ އިންޖީނުގެއިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.