އޭދަފުށީ ހިއްކި ސަރަހައްދުން ބޮޑު ބައެއް ގިރަން ފަށައިފި

ބިން ހިއްކައި ނިމުނުއިރު މޫދާ 200 ފޫޓު ދުރުގައި ހުރި ހިލަ ފުނި، މިހާރު މޫދު ތެރޭގައި: ހިއްކި ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާ ކަމަށް އޭދަފުށީ ކައުންސިލުން ބުނޭ. --ފޮޓޯ: ކައުންސިލް
ބިން ހިއްކައި ނިމުނުއިރު މޫދާ 200 ފޫޓު ދުރުގައި ހުރި ހިލަ ފުނި، މިހާރު މޫދު ތެރޭގައި: ހިއްކި ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާ ކަމަށް އޭދަފުށީ ކައުންސިލުން ބުނޭ. –ފޮޓޯ: ކައުންސިލް

 

ބ. އޭދަފުށީ ހިއްކި ސަރަހައްދުން ބޮޑު ބައެއް ގިރަން ފަށާފައިވާތީ، ރައްޔިތުން ކަންބޮޑުވުންފާޅުކުރަމުން އަންނަ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލްގެ ރައީސް އަލީ ވަހީދު ހަވީރަށް ވިދާޅުވީ މި ރަށުގައި ހިއްކި ސަރަހައްދުގެ އިރު އުތުރުން ދިގު މިނުގައި 700 ފޫޓު އަދި ފުޅާ މިނުގައި 100 ފޫޓަށް ގިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި ހުޅަނގު ދެކުނު ކަންމަތިން ވެސް ވަރަށް ބޮޑަށް ގިރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވުވެފައި ވެ އެވެ.

“ހިއްކި ސަރަހައްދު ގިރައިގެން ވެލިތައް މިއެޅެނީ ބަނދަރު ތެރެއަށް. އެ ސަރަހައްދު ގިރާތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި. އެކަމަށް އަވަސް ހައްލެއް ބޭނުންވޭ،” އަލީ ވަހީދު ހަވީރަށް ދީފައިވާ އިންޓަވަިއުގައި ވިދާޅުވެފައި ވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި 25.9 ހެކްޓަރު ހިއްކައި އެ ސަރަހައްދު ހިމާޔަތްކުރުމަށް 8،600 ޓަނުގެ ހިލަ ވަނީ އެ ރަށަށް ގެންގޮސްފަ އެވެ. ކުރިން އެ ހިލަ ފުނި ހުރީ މޫދާ 200 ފޫޓު ދުރުގައި ނަމަވެސް އެ ސަރަހައްދު ގިރައިގެން ގޮސް ހިލަ ފުނި މިހާރު ހުރީ ގާތްގަނޑަކަށް މޫދު ތެރޭގައި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ހިއްކި ސަރަހައްދު ހިމާޔަތްކުރަން ހިލަ ގެންގޮސްފައިވީ ނަމަވެސް، އަލީ ވަހީދު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.

ކައުންސިލުން ބުނިގޮތުގައި އެ ރަށުގެ ހިއްކި ސަރަހައްދުގައި މީހުން ދިރިއުޅޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް ފްލެޓް އަޅާނީތޯ ނުވަތަ ގޯތި ދޫކުރާނީތޯ ވެސް އަދި ނުނިމެ އެވެ.

ސަރުކާރުގެ ވިސްނުން ހުރީ އޭދަފުއްޓާ ކައިރި ރަށްތަކުން އެ ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ގެދޮރުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. Silsim

    މިފަހަރު ޅަކުދިން އަޅުގަނޑުމެން ހޯވީ ވަރަށް އިތުބާރު ކޮށްފަ.
    އެކަމް، ރަށުގެ ތަރަށްގީއަށް މިމީހުން ހޯވާގެން ވާފައިދާއެއް، ހަމަ ހަރާމް.
    ބިންހިއްކި އިރުވެސް ފައިސާ އަށް ހިޔާނަތްތެރިވި ވާހަކަ ވަނީ އިވިފައި.
    ހަމަ އެހެންމެ، ފުޓްބޯޅަ ޗެލެންޖުގައިވެސް އޭދަފުށި ޓީމަށް ލިބުނު ނިކަމެތި ކަމުގެ ފަހަތުގައި ވަނީ ރަށު ކައުންސިލް ކަމަށް އަޑު އަހަން.
    ނުވަންޔާމު އިސްތިއުފާދީފައި ތިއެންމެންވެސް ގޭގަ ތިބެބަލަ.
    އޭރުން މީހުން ފާޑެއްނުކިޔާނެ.

    ރައްދު
  2. fathaah

    އައްޔާ. ކުޑޭ ބުނުއްވީ މިމަހު ފަށައޭ؟؟؟ ކައުންސިލް ތެރޭގަ އެއްވެސް ގުޅުމެއް ނެތެންނު މިހާރު؟؟؟ ކީއްކުރާ ބައެއްތޯ ތީ؟؟؟ މަގުމަތީގަ ގަހެއް ހުރެގެން ،ޖޯލިފައްޗެއް ހުރެގެން ހީވަނީ އެހެން ކަމެއްހެން އެނުނެގިގެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.