ޑައުން ޓައުން ފުޓްސަލް މުބާރާތް އަންނަ ހޯމަ ދުވަހު ފަށަނީ

މިރޭ ބޭއްވި ޑައުން ޓައުން ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ތެރެއިން – އީޓީ ފޮޓޯ: ސައިނޯސާ ރާއި
މިރޭ ބޭއްވި ޑައުން ޓައުން ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ތެރެއިން – އީޓީ ފޮޓޯ: ސައިނޯސާ ރާއި

ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ނަމުގައި ބާއްވާ 18 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރުނެގުން މިރޭ އޭދަފުށީ ޔޫތު ސެންޓަރުގައި ބާއްވައިފި އެވެ.

މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ފަށާ މި މުބާރާތް ފަށައިދޭނީ ހުސް ސޮނގުންނާއި ލަވާސް ޕޮއިންޓް ބައްދަލުކުރާ މެޗުންނެވެ.

ޖުމްލަ ހަތަރު ޓީމު ބައިވެރިވި މި މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދައިގެން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ އޮޓަމެޓިކު ޖާގައެއް ލިބޭނެ އެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ އަށް ދާޓީމު ވާދަކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.

ހުސް ސޮނގުންނާއި ލަވާސް ޕޮއިންޓްގެ އިތުރުން ޔުނައިޓެޑް ވީ އަދި ވެލާ ސިޓީ ބައިވެރިވި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 10 ވާ ހޮނިހިރު ދުވަހު އެވެ.

މި މުބާރާތަކީ ކުޑަ ކުދިންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޫރުމާއި، ރަނގަޅު މޮޅުކުޅުން ތެރިން ތަކެއް އުފެއްދުމުގެ މަޤްސަދުގައި ޑައުން ޓައުންއިން އިސްނަގައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެކެވެ.

ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ޝެޑިއުލް ޑައުންލޯޑު ކުރައްވާ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Gundey

    ޑައުންޓައުން އަކީ އަރަމުން އަންނަ ހިންގުންތެރި ކުދިންކޮޅެއް ނިސްބަތްވާ ގްރޫޕެއް. ވަރަށް ހިތްވަރު ގަދަ ކުދިންތަކެއް. ހުރިހާ ކުދިންނަށްވެސް ބުނެލަންއޮތީ ކުޅިވަރަށް ތިޔަ ކުރާ ބުރަ މަސައްކަތް ކާމިޔާބު ވާނީ ދިރިއުޅުމުގެ އެހެން ހުރިހާ ކަމެއްވެސް ހެޔޮގޮތުގައި އަދާކޮށްގެންނޭ. މުބާރާތްތައް އިންތިޒާމު ކުރުމުގަޔާއި ބޮޑުބެރު ޖެހުމުގަ އަވަދިނެތި އުޅުނަސް ދިރިއުޅުމުގެ މުހިއްމު ކަންކަން މަތީން ތިޔަ ކުދިން ހަނދާން ބަހައްޓާނެކަމަށް ގުންޑޭ އުއްމީދުކުރަން. އުއްމީދު ކުރަނީ ތިޔަ މުބާރާތް ކާމިޔާބުކަމާއެކީ ނިންމާލެވޭނެކަމަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.