ބ. އަތޮޅު ކައުންސިލުން ފެރީ ދަތުރުތައް ކުރަން ފަށަނީ

ހަނިފަރު ލޯންޗް. އަތޮޅު ކައުންސިލުންވަނީ މި ލޯންޗުގައި ފެރީ ދަތުރުތައް ފަށަން ނިންމާފައި-- ފައިލް ފޮޓޯ
ހަނިފަރު ލޯންޗް. އަތޮޅު ކައުންސިލުންވަނީ މި ލޯންޗުގައި ފެރީ ދަތުރުތައް ފަށަން ނިންމާފައި– ފައިލް ފޮޓޯ 

 

ބ. އަތޮޅު ކައުންސިލަށް ލިބޭ އާމުދަނީ އިތުރު ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުގެ “ހަނިފަރު” ލޯންޗު ގައި ފެރީ ދަތުރުތައް ބާއްވަން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުން ބޭއްވި ޖަލްސާގައި ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހު މާލެ އާއި އޭދަފުއްޓާ ދެމެދު ފެރީ ދަތުރު ކުރުމަށެވެ. އަދި ވީހާވެސް އަވަހަށް މި ދަތުރުތައް ފެށުން ކައުންސިލުން ވަނީ ނިންމާފައެވެ.

މި ދަތުރު ތަކުގައި ހެނދުނު 11:00 ގައި އޭދަފުށިން ފުރާއިރު މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ހަވީރު 3 ޖަހާއިރު އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މި ދަތުރުތަކުގެ ޓިކެޓް ވިއްކާނީ އަތޮޅު ކައުންސިލުން ކަމަށާއި ޓިކެޓް ގެ އަގު ކަނޑައަޅާނީ އެ އިރެއްގައި މާކެޓްގައި އޮންނަ އެންމެދަށް އަގެއް ކަމަށެވެ.

އަތޮޅު ކައުންސިލުގެ ހަނިފަރު ލޯންޗުން ފެރީ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު އަމިއްލަ ދެ ފަރާތަކުން މިރަށާ މާލެއާ ދޭތެރެ ހަފްތާއަކު ތިން ދުވަހު ފެރީގެ ދަތުރުތައް ދަނީ ބާއްވަމުންނެވެ. އެދަތުރު ތަކުގައި ޓިކެޓް ވިއްކަނީ ކޮޅަށް 350ރ އަށެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. Ali soru

    ތި ދަތުރުތަކުން ފައިދާ ވާނީ އަތޮޅު ކައުންސިލް މެންބަރުންނަށް ، ކައުންސިލް ޖަލްސާއިން ނިންމި ނިމުން ތަންފީޒުކުރަނީ ހަތްފާއަކު 2 ދުވަހު އޮފީހުގައި އުޅެފައި ، އަނެއް 5 ދުވަހު އާއިލާ ކައިރިއަށް މާލެ ދާން ވެގެން ރާވައިގެން ކުރާ ދަތުރު ތަކެއްތީ …ކޮރަލް ޕާކުން 5 އިރު ކައުންސިލަރުންނަށް ކާންދެން ފަށާއިރަށް ތި ދަތުރުތައް ހުއްޓާލަ ފާނެ އެޓޯލް ކިޔުޓް މޮޑް މި ކަމަށް ވިސްނާނެ ކަމަށް އުއްމީދުކުރަން

    ރައްދު
  2. ޞަފިއްޔަތުގެ ލަޠީފް

    ކަން ކިތަންމެހާވެސް ރަގަޅު. އެކަމަކު ބުނެލަންއޮތީ އަތޮޅު ކައުންސިލަށް ޢާއްމުދަނީ ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބު ވެއްޖެނަމަ ރައްޔިތު މީހާ ދެމުންދިޔަ ޚިދުމަތް ހުއްޓި އެފަރާތްތައް އަނެއްކާވެސް އެހެންދިމާލަކަށް މިސްރާބު ޖަހަންޖެހިދާނެ ވާހަކަ. ރައްޔިތު މީހާގެ ޙައްޤާމެދު އަތޮޅު ކައުންސިލުން ވިސްނަން ފަށާނީ ކޮންދުވަހަކުން ބާއޭ ހިތަށްއަރާ. އެމީހުން ކުރަމުންދާ ވިޔަފާރިއަށް ބުރޫ އަރައިފިނަމަ ދެން އަތޮޅު ކައުންސިލުން އެކަމުގައި ޢަމަލުކުރާނީ ކޮންގޮތަކަށް ބާއޭވެސް ހިތަށް އަރާ. ކައުންސިލްތަައް އުފައްދާފައިވަނީ ރައްޔިތުންނާ ވީހާގާތުން ޚިދުމަތް ދިނުމަށްކަމަށްވީހިނދު ބ، އަތޮޅު ކައުންސިލުން ތިޔަ ފައްޓާ ފެރީ ދަތުރުގެ ސަބަބުން ޢާއްމު ފަރުދުން ކުރަމުންގެންދާ ވިޔަފާރިއަށް ހުރަސްއެޅުމަކީ ރައްޔިތުންނަށް ޖެއްސުން ކުރުންނޫން އެހެންކަމަކަށް ނުވާނެ.

    ރައްދު
  3. Mariyam

    ކޮބާތަ ރަގަޅުވެފަ! ހުރިހާ ފައިދާއެއް އޭދަފުއްޓަށާ، ދަރަވަންދޫއަށް. ކެންދޫ އަށް ބަލާބަލަ! ކުޑަމިނުން ޕޮލިސްޓޭޝަން ގަޑެއް ވެސް ހުރީކީއެއްނޫން! އެއްވެސް ކަހަލަ ހަމަހަމަ ކަމެއް ނެތް! #އަތޮޅުކައުންސިލް #ފެއިލް ވެފަ ތިއޮތީ.

    ރައްދު
  4. fathaah

    ވަރަށް ރަނގަޅު ކަމެއް ތީ! އެކަމު ސަރުކާރުން ހިއްސާވާކަމަކަށް ވާތީ އަގު ހެޔޮކޮށް ދިނުން އެދެން. އެއީ އެހެން ގައުމުތަކުގަވެސް އެކަން އޮންނަ ގޮތް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.