ޝެއިޚް މުހައްމަދު އިބްރާހިމްގެ ދަރުސެއް ބާއްވައިފި

Untitled-3

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އޭދަފުށީ ޒުވާނުން އިސްނަގައިގެން ޚާއްސަ ދަރުސެއް ބާއްވައިފި އެވެ.

އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ރޭ ބޭއްވި މި ދަރުސްދެއްވީ އައްޝެއިޚް މުހައްމަދު އިބްރާހީމް އެވެ.

މިއަހަރުވެސް ސިލްސިލާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސްގައި މައިގަޑު ގޮތެއްގައި ވާކަހަދައްކާފައިވަނީ މުސްލިމުންނަށް ކުރިމަތިވާ މުސީބާތްތަކުގެ މައްޗަށެވެ.

ޝެއިޚް އިބްރާހީމް ވިދާޅުވީ މުސްލިމުންނަށް މާތް ﷲ މުސީބާތްތައް ކުރިމަތި ކުރައްވަނީ އެމީހުން އިމްތިހާން ކުރެއްވުމަށް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ﷲ އެމީހަކަށް ލައްވާ ކޯފާއެއްގެ ގޮތުގައި ނުހެދުމަށް އެދިވަޑައިގެންނެވި އެވެ.

ޝެއިޚް ވިދާޅުވި ގޮތުގައި އީމާންކަން އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި، އީމާންކަން ވަރުގަދަ ވި ވަރަކަށް ﷲ އެމީހަކަށް ޖައްސަވާ މުސީބާތްތައް އިތުރުކުރައްވަ އެވެ. އެހެންކަމުން މުސްލިމުންނަށް އޮތި މުސީބާތްތަކާ ކުރިމަތިވާ ހިނދު އެކަންކަމަށް ކެއްތެރިވުންކަމަށްވެސް ރޭ ގެ ދަރުސްގައި ޝެއިޚް އިބްރާހިމް ވިދާޅުވި އެވެ.

ދަރުސް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރި ޒުވާނަކު ބުނިގޮތުގައި ގޮތުގައި މިފަދަ ދަރުސްތައް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މިރަށުގައި ދީނީ ރޫޙް އާލާކުރުމާއި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. އޭނާ ބުނިގޮތުގައި މިފަދަ ދަރުސްތައް ކުރިއަށް ގެންދިއުމުގައި ރަށު ކައުންސިލުންނާއި އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.