ފައިނަލުގެ ފަހު ޖާގަ ޔުނައިޓެޑް ވީ އަށް

ޔުނައިޓެޑް ވީ އާއި ވެލާ ސިޓީ ލީގު ބުރުގައި ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: މަޒުހަރު ހުސައިން
ޔުނައިޓެޑް ވީ އާއި ވެލާ ސިޓީ ލީގު ބުރުގައި ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ: މަޒުހަރު ހުސައިން

ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ނަމުގައި ޑައުން ޓައުން އިން އިސްނަގައިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޔުނައިޓެޑް ވީ އަށް ލިބިއްޖެ އެވެ.

ފައިނަލުގެ ފަހު ޖާގަ ޔުނައިޓެޑް ވީ އަށް ލިބުނީ މިއަދު ހަވީރު ކުޅެވުނު ސެމީ ފައިނަލުގެ މެޗުގައި ވެލާ ސިޓީގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް ނާއިލް ސައުދުﷲ ޔުނައިޓެޑް ވީ އަށް ލީޑު ނަގައިދިން ނަމެވެސް ވެލާ ސިޓީ އިން ހިތްވަރު އާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް މުހައްމަދު އިރުޝާމް ޖަހައިދިން ގޯލުންނެވެ. އެހެން ނަމަވެސް މުހައްމަދު މާހު ވަނީ މެޗުގެ އެންމެ ފަހު ސިކުންތުގައި ޔުނައިޓެޑް ވީ އަށް ލަނޑު ޖަހައިދީ، އެ ޓީމު ފައިނަލަށް ގެންގޮސްދީފަ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔުނައިޓެޑް ވީ ގެ ގޯލްކީޕަރު ޝުއުބާނެވެ.

މާދަމާ ހަވީރު 4:15 ގައި ކުޅެވޭ ފައިނަލް މެޗުގައި ޔުނައިޓެޑް ވީ ވާދަކުރަން ޖެހޭނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ، ތާވަލުގެ އެއްވަނަ ހޯދި ލަވާސް ޕޮއިންޓާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.