ފުރަތަމަ މެޗުން އޭދަފުށި ބަލިވެއްޖެ

މާލޭގައި މިހާރުކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި އޭދަފުށީ ޒުވާނުންގެ ކްލަބް ކުޅުނު ފުރަތަމަ މެޗުން ވީބީ އައްޑު އެފްސީ އަތުން 1-0 އިން ބަލިވެއްޖެ އެވެ.

ގަލޮޅު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އޭދަފުށީގެ ޒުވާން ޓީމު ކޮޅަށް ވީބީ އައްޑޫ އެފްސީން ލަނޑުޖަހާފައިވަނީ ފުރަތަމަ ހާފު ނިމެނިކޮށެވެ. ނަމަވެސް ފަހު ހާފުގައި އޭދަފުށީ ޓީމު ވަނީ ކުޅުން ރަނގަޅުކޮށް ވީބީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ.

މެޗަށްފަހު ޓީމުގެ ކޯޗު ބައްޓޭ ބުނީ ފުރަތަމަ މެޗުން ބަލިވިނަމަބެސް ޓީމު މިއަދު ދެއްކި ކުޅުމާދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.

އޭދަފުށީ ޒުވާނުންގެ ކްލަބް އޮތް ގުރޫޕު އެކެއްގައި ދެން ހިމެނެނީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި 2011 ވަނަ އަހަރުގެ ޔޫތު އެފްއޭ ކަޕް ކާމިޔާބުކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އަންނަ ހުކުރު ދުވަހު އޭދަފުށީ ތީމު ބައްދަލުކުރާނީ އޭވައިއެލް އާ އެވެ.

އޭދަފުށީ ޒުވާން ޓީމުގެ ކޯޗަކީ އޭދަފުއްޓަށް އުފަން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ. އަދި އެސިސްޓަންޓް ކޯޗަކީ ނާފިއު ހާމިދު އެވެ. ޓީމުގެ މެނޭޖަރަކީ އަލީ ޝާރިފު އެވެ.

މުބާރާތަށް ދިއުމުގެ ކުރިން ބައްޓޭ ބުނީ ޓީމުގެ ކުޅުންތެރިން މުބާރާތަށް ތައްޔާރުވަމުންދިޔައިރު ހޯދަމުން ދިޔަ ކުރިއެރުމާ މެދު ހިތްހަމަޖަހޭ ކަމަށް ބުނެފަ އެވެ. އަދި މުބާރާތުގެ ކުރިން  ޓީމު އެއްކޮށް ފަރިތަކޮށްލުމުގެ ފުރުސަތު ނުލިބުމަކީ ޓީމަށް ދިމާވެފައިވާ މައްސަލައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

8 ކޮމެންޓް

  1. aashi

    ތީހަމަ ޖޭވާތީ ދައްކާވާހަކަ.އެވަރެއް ނުވާނެ ތެޅިތެޅި ހަންވިޔަސް………………………………………………ހަމަ ސާބަސް އޭދަފުއްޓައް.

    ރައްދު
  2. muhammed

    އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އޭދަފުއްޓަކީ މިހާރު މާ މޮޅު ކުޅުންތެރިންތަކެއް ތިބި ރަށެއް ނޫނެވެ. އެކަމަކު ތި ކުރި މަސައްކަތައް ހަމަ ސާބަސް

    ރައްދު
  3. Nattu

    ކޮންޓީމެއްބާ އެންމެ މޮޅަށް ކުޅެ ގިނަވަގުތު ބޯޅަ ގެންގުޅުނީ؟ ދެޓީމަށްވެސް ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ލިބުނުތޯ؟ ކޯޗުންގެ ބާސްދީ ގަތުން، ކޮބާތޯ؟ ތި ހަބަރު ގެނެސްދޭގޮތް ކަމަކުނުދޭ. އެއްވެސް ފުރިހަމައެއްނޫން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.