ޔުނައިޓެޑް ވީ ޗެމްޕިއަންކަން ހޯދައިފި

ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ޗެމްޕިއަން ޔުނައިޓެޑް ވީ – ފޮޓޯ: މުހައްމަދު ޒަޔާން ޒާހިރު
ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ޗެމްޕިއަން ޔުނައިޓެޑް ވީ – ފޮޓޯ: މުހައްމަދު ޒަޔާން ޒާހިރު

ޑައުން ޓައުން ޔޫތް ފުޓްސަލް ޓޯނަމަންޓް 2015 ގެ ނަމުގައި ޑައުން ޓައުން އިން އިސްނަގައިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ވީ އިން ހޯދައިފި އެވެ.

ޔުނައިޓެޑް ވީ އިން ޗެމްޕިއަންކަން ހޯދީ، މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން 8-7 އިން ލަވާސް ޕޮއިންޓުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ފުރަތަމަ ލީޑުނަގާ ކުރި ހޯދީ ވެސް ޔުނައިޓެޑް ވީ އިންނެވެ. ދެވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުއައްވަޒު އަލީ އެވެ. ތޮލްހަތު މުހައްމަދު ޔުނައިޓެޑް ވީ ގެ ދެވަނަ ލަނޑު ޖަހައިދީފައި ވަނިކޮށް ލަވާސް ޕޮއިންޓުގެ ޝުއައިބު އަލީ ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަ ކޮށްފަ އެވެ. ދެވަނަ ހާފު ފެށިގެން އަލީ ނާއިލް ނިމާލުގެ ދެ ގޯލާއި ތޮލާލް ނަސީރުގެ ގޯލުން ލަވާސް ޕޮއިންޓުން ދެ ގޯލުގެ ލީޑެއް ނެގިކަމުގައި ވިއަސް ތޮލްހަތު މުހައްމަދާއި އައިމާން ހަބީބު ވަނީ ޔުނައިޓެޑް ވީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މިއަދުގެ ފައިނަލް މޗުގެ ތެރެއިން – ފޮޓޯ: މުހައްމަދު ޒަޔާން ޒާހިރު
މިއަދުގެ ފައިނަލް މޗުގެ ތެރެއިން – ފޮޓޯ: މުހައްމަދު ޒަޔާން ޒާހިރު

4-4 އިން އެއްވަރުވި މި މެޗުގެ ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ޝޫޓްއައުޓް ގައި ޔުނައިޓެޑް ވީ ގެ ނާއިލް ސައުދުﷲ އާއި ތޮލްހަތު މުހައްމަދުގެ ޕެނަލްޓީ ނާކާމިޔާބު ވިއިރު ލަވާސް ޕޮއިންޓުގެ ޝުއައިބު އަލީ އާއި ތޮލާލު ނަސީރުގެ އިތުރުން އަހްމަދު އިމްދާދް އިބްރާހީމްގެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަށް ހޮވުނީ ލަވާސް ޕޮއިންޓަށް މިއަދުގެ މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްދިން އަލީ ނާއިލް ނިމާލެވެ.

Top Scorerމުބާރާތުގެ އެކިއެކި މަގާމު ތަކަށް ހޮވުނު ކުޅުންތެރިންނަށް ބަލައިލާއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޔުނައިޓެޑް ވީ ގެ ތޮލްހަތު މުހައްމަދާއި ލަވާސް ޕޮއިންޓުގެ މުހައްމަދު ހިސާނާއި ތޮލާލް ނަސީރުގެ އިތުރުން ވެލާ ސިޓީގެ އުނައިސް ޒުބައިރާއި ހުސް ސޮނގުންގެ މުހައްމަދު ޒާހެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ޔުނައިޓެޑް ވީ ގެ އައިމާން ހަބީބު ހޮވުނުއިރު އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ހުސް ސޮނގުންގެ ގޯލް ކީޕަރު މުހައްމަދު އަނޫފެވެ.

best playerމުބާރާތުގައި އެންމ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ލަވާސް ޕޮއިންޓުގެ އަލީ ނާއިލް ނިމާލު ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ލަވާސް ޕޮއިންޓުގެ ކޯޗު އަފްހަމް ރަޝީދެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ވީ ގެ ތޮލްހަތު މުހައްމަދެވެ.

ފެއާޕްލޭ ޓީމަކަށް ހޮވުނީ ހުސް ސޮނގުންނެވެ.

ޖުމްލަ ހަތަރު ޓީމު ބައިވެރިވި މި މުބާރާތަކީ ކުޑަ ކުދިންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޫރުމާއި، ރަނގަޅު މޮޅުކުޅުން ތެރިން ތަކެއް އުފެއްދުމުގެ މަޤްސަދުގައި ޑައުން ޓައުންއިން އިސްނަގައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.