ޓީޗިން ޑިޕްލޮމާ ކޯސްތަކެއް ފަށަނީ

ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސް،
ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސް،

 

ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންގެ ތެރެއިން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތަކަށް ބޭނުންވެފައިވާ މުދައްރިސުންނަށް އަމާޒުކޮށްގެން ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ޓީޗިން ޑިޕްލޮމާ ކޯސް ތަކެއް ފެށުމަށް ނިންމައިފި އެވެ.

ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުގެ މެނޭޖަރު އަބްދުލްމަތީން އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި މި ކޯސްތަކަކީ މިހާރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންނަށް އިތުރު ހަރުފަތަކަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފަށާ ހާއްސަ ކޯސްތަކެކެވެ.

އެގޮތުން ޑިޕްލޮމާ އޮފް ޕްރައިމަރީ ޓީޗިން އަދި ޑިޕްލޮމާ އޮފް އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން ހިމެނެ އެވެ. އަދި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އޮފް ޓީޗިން ކޯހެއްވެސް ފެށުމަށްވަނީ އިއުލާން ކޮށްފަ އެވެ.

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އޮފް ޓީޗިން އަކީ ކިޔަވައިދިނުމުގެ ދާއިރާއިން ސަނަދެއް ލިބިފައި ނުވާ، ނަމަވެސް އެހެން ރޮނގަގުން ޑިގްރީއެއް ޙާޞިލްކޮށްފައިވާ ފަރާތްތައް، ކިޔަވައިދިނުމަށް ތަމްރީނު ކުރުމުގެ ގޮތުން އެއް އަހަރަށް (2 ސެމެސްޓަރއަށް) ދިވެހިބަހުން ހިންގޭ ޕްރޮގްރާމެކެވެ.

މަތީން ވިދާޅުވީ މި ވަގުތަކީ މިހާރު ކިޔަވައި ދެއްވުމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވަރަށް ގިނަ މުދައްރިސުންނަށް މިފަދަ ފުރުސަތަކަށް ބޭނުންފުޅުވެފައިވާ ވަގުތަކަށްވާތީ، 2015 ވަނަ އަހަރުގެ ކިޔެވުން އެ ކޮލެޖުގައި ފަށާއިރު ވިލާކޮލެޖް ކިޔުއައިކެމްޕަސް ގަ އާއި، އަތޮޅު ކެމްޕަސްތަކުގައި ވެސް އެ ފުރުސަތު ހުޅުވައިލުމަކީ، އެފަދަ މުދައްރިސުންނަށް ލިބިވަޑައިގަންނަވާ ވަރަށްވެސް އަގުހުރި ފުރުސަތެއް ކަމަށެވެ.

މިމަހުގެ ފަހުކޮޅު ފަށާ އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ކޯސްތަކާބެހޭ އިތުރު މައުލޫމާތު އަދި އެޕްލިކޭޝަން ފޯމް ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން ލިބެން ހުންނާނެ އެވެ. (ފޯން: 6608600 / 7965141)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.