ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި
ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި

 

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި 87،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ދިރާސީ އާ އަހަރުގެ ކިޔަވަން ފަށައިފި އެވެ.

އޭދަފުށީގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ 800 އަށް ވުރެ ގިނަ ދަރިވަރުންނާ އެކުގަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިގެންދިޔައިރު ބަހިއްޔާ ޕްރީ ސްކޫލް އަދި ތައުލީމީ މަރުކަޒުގައި ކިޔަވައިދިނުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް އެ ސްކޫލުތަކުން ބުންޏެވެ.

ދިރާސީ އާ އަހަރު ފަށާއިރު ބަހިއްޔާ ޕްރީ ސްކޫލުގެ ޔުނިފޯމް ބަދަލުގެންނާނެ ކަމަށް ކުރެން ބުނެފައިވީ ނަމަވެސް އާ އަހަރުގެ ކިިޔެވުން ފެށުނު އިރު ޔުނިފޯމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއަދު ކިޔެވުން ފެށިއިރު ތައުލީމީ ދާއިރާ އަށް އައި އެންމެ ބޮޑު ބަދަލަކީ އާ މަންހަޖަށް ކިޔަވައިދޭން ފެށުމެވެ. އެގޮތުން ހުރިހާ ސްކޫލުތަކެއްގައި ވެސް ގްރޭޑް 1-3 އަށް ކިޔަވައިދެމުން އަންނަނީ މުޅިން އަލަށް ތައާރަފް ކުރި މަންހަޖުގެ ދަށުންނެވެ.

ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް އެސެމްބްލީގައި
ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް އެސެމްބްލީގައި

އަހަރުގެ ކިޔެވުން ފެށުނު އިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1 ގައި އަރަބި ބަސް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާސީ އާ އަހަރާ ގުޅިގެން މިނިސްޓްރީން ވެސް ވަނީ ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި އަހަރު ވެސް ގިނަ މަސައްކަތްތަކެއް ކޮށް، ޓީޗަރުން ތަމްރީނު ކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން މުސާރައާ އެއްވަރުގެ އެލަވަންސެއް ދީގެން 100 ޓީޗަރުންނަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދީ، އަމިއްލަ ރަށުގައި ތިބެގެން ޓީޗަރުންނާއި ޕްރިންސިޕަލުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި
ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި

ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމަށް، ގްރޭޑް އެކެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރިސްކު އެސެސްމެންޓެއް ފުރަތަމަ ޓާމުގެ ތެރޭގައި ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.