އަމީނިއްޔާ އިން ދޭ އަމީން ދީދީ ސްކޮލަޝިޕް އޭދަފުށީ ކުއްޖަކަށް

މިދިޔަ އަހަރު ބއތމ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ހަނާނަށް އިނާމުދެނީ. އޭނާ ވަނީ ވަނީ އަމީނިއްޔާއިން ދޭ މުހައްމަދު އަމީން ސްކޯލާޝިޕް މިއަހަރު ހާސިލުކޮށްފައި
މިދިޔަ އަހަރު ބއތމ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ހަނާނަށް އިނާމުދެނީ. އޭނާ ވަނީ އަމީނިއްޔާއިން ދޭ މުހައްމަދު އަމީން ސްކޯލާޝިޕް މިއަހަރު ހާސިލުކޮށްފައި

 

އަމީނިއްޔާ ސްކޫލުން 1995 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އަމީންދީދީ ސްކޮލަޝިޕަށް ފުރަތަމަ ފަހަރަށް އޭދަފުށީ ކުއްޖަކަށް ލިބިއްޖެ އެވެ.

އަތޮޅުތަކުގެ ސްކޫލްތަކުން ގްރޭޑް ހަތެއް ނިންމައި އަމީނިއްޔާގެ ގްރޭޑް އަށަކަށް ވަންނަ ކުދިންނަށް ދޭ ސްކޮލަޝިޕް، އެންމެ މަތިން މާކްސް ހޯދައިގެން މި އަހަރު ލިބިފައި ވަނީ ބ. އޭދަފުށީ، ދެވިނަގޭ، އައިޝަތު ހަނާން މަޖީދު އަށެވެ.

އަމީން ދީދީ ސްކޮލަޝިޕް ދެނީ އަމީނިއްޔާ އިން ގްރޭޑް އަށަކަށް ވަންނަން ދޭ ހިސާބާއި އިނގިރޭސި ޓެސްޓުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރަކަށެވެ.

އަމީނިއްޔާ ސްކޫލުން ބުނި ގޮތުގައި އެވޯޑް ހަވާލުކުރުން އޮންނާނީ އެ ސްކޫލުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގެ ތެރޭގަ އެވެ.

މީގެ 20 އަހަރު ކުރިން ފެށިގެން މެދުކެނޑުމެއް ނެތި ދެމުން އަންނަ ސްކޮލަޝިޕަށް ހޮވޭ ކުއްޖެއްގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އަމީނިއްޔާ ފަންޑުންނެވެ. އޭގެ ތެރޭގައި ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރު ހޯދައިދިނުމާއި ޔުނިފޯމާއި ބޫޓު ފަދަ ތަކެތި ހޯދައިދިނުން ވެސް ހިމެނެ އެވެ. އަދި ގްރޭޑް ދިހައެއް ނިމެންދެން އެ ކުއްޖަކަށް ކޮންމެ މަހަކު ޕޮކެޓް މަނީއެއް ވެސް އަމީނިއްޔާ އިން ދެ އެވެ.

ބ. ތައުލީމީ މަރުކަޒުން ގްރޭޑް ހަތެއް ނިންމައި އަމީނިއްޔާއާ ގުޅުނު ހަނާންގެ މަންމަ ބުނީ އޭނާ ޓެސްޓުގައި ބައިވެރިކުރުވީ ސްކޮލަޝިލް ހޯދުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ.

ހަނާން ހޯދި މި ކާމިޔާބީއަށް “އީޓީ” ގެ ފަރާތުން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.