ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބ. އޭދަފުށީ ބުރާންޗްގެ އޭޓީއެމް ހިދުމަތް މެދުކެނޑިފައި ހުންނަތާ ފަސް ދުވަސްވެއްޖެ އެވެ.
ބޭންކުން ބުނެފައިވަނީ އޭޓީއެމްގެ ޚިދުމަތް މެދުކެނޑިފައިވަނީ މެޝިނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭޓީއެމް މެޝިނަށް ދިމާވި މައްސަލައާ ގުޅިގެން މެޝިނުން ފައިސާ ނުނެގުނު ނަމަވެސް ބޭންކް ހުޅުވިފައި ހުންނަ ގަޑިތަކުގައި ކާޑުން ފައިސާ ނަގަން ބޭނުންވާ މީހުންނަށް ބޭންކުން ފައިސާ ނަގައިދިނުމުގެ ހިދުމަތް އަންނަނީ ދެމުންނެވެ.
ބޭންކުން ބުނީ ވީ އެންމެ އަވަހަކަށް އޭޓީއެމްގެ މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭޓީއެމް ރަނގަޅު މިއަދު ހަވީރު… ލާރިވެސްނެގޭ ހަމަ ބަރާބަރަށް……