އެއްގަމު އުޅަނދު މަރާމާތުކުރާ ސާވިސް ސެންޓަރެއް ހުޅުވައިފި

އެފްރޯ ސާވިސް ސެންޓަރު. މި ސާވިސް ސެންޓަރުން އެއްގަމު އުޅަނދު މަރާމާތު ކުރުމުގެ އިތުރުން އެއާ ކޮންޑިޝަން އަދި ރެފްރިޖަރޭޓަރު ފަދަ ތަކެތިވެސް މަރާމާތު ކޮށްދޭ. / އީޓީ ފޮޓޯ
އެފްރޯ ސާވިސް ސެންޓަރު. މި ސާވިސް ސެންޓަރުން އެއްގަމު އުޅަނދު މަރާމާތު ކުރުމުގެ އިތުރުން އެއާ ކޮންޑިޝަން އަދި ރެފްރިޖަރޭޓަރު ފަދަ ތަކެތިވެސް މަރާމާތު ކޮށްދޭ. / އީޓީ ފޮޓޯ

 

ގިނަ ހިދުމަތްތަކަކާއި އެކު އެއްގަމު އުޅަނދު މަރާމާތުކުރާ ސާވިސް ސެންޓަރެއް އޭދަފުށީގައި އިއްޔެ ހުޅުވައިފި އެވެ.

އެފްރޯ ސާވިސް ސެންޓަރުގެ ނަމުގައި އިރުމަތީ އަވަށު ފުޓްބޯޅަ ދަނޑު ކައިރީ، ރޯޝަނީމަގުގައި ހުޅުވި މި ސާވިސް ސެންޓަރުން އެއްގަމު އުޅަނދު މަރާމާތު ކުރުމުގެ އިތުރުން އެއާ ކޮންޑިޝަން އަދި ރެފްރިޖަރޭޓަރު ފަދަ ތަކެތި މަރާމާތު ކުރުމުގެ ހިދުމަތްވެސް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެފްރޯ ސާވިސް ސެންޓަރުގެ މަސްއޫލުވެރިޔާ އަލީ ޖަލްވާން އީޓީ އާއި ވާހަކަދައްކަމުން ބުނީ، މި ސާވިސް ސެންޓަރުން އެއްގަމު އުޅަނދު މަރާމާތުކުރުމުގެ ހުރިހާ ހިދުމަތެއްވެސް ލިބޭނެކަމަށާއި، މާލޭން ހިދުމަތްދޭ ފެންވަރަށް އާއްމުންނަށް ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

އެފްރޯ ސާވިސް ސެންޓަރު. އެއްގަމު އުޅަނދު ފުލް ސާވިސް ކުރުމާއި އޯވަހޯލް ކުރުމުގެ އިތުރުން ބައެއް ސްޕެއާ ވެސް މިތަނުން ލިބޭން ހުރޭ.
އެފްރޯ ސާވިސް ސެންޓަރު. އެއްގަމު އުޅަނދު ފުލް ސާވިސް ކުރުމާއި އޯވަހޯލް ކުރުމުގެ އިތުރުން ބައެއް ސްޕެއާ ވެސް މިތަނުން ލިބޭން ހުރޭ.

 

“އެއްގަމު އުޅަނދު ފުލް ސާވިސް ކުރުމާއި އޯވަހޯލް ކުރުމުގެ ހިދުމަތް ލިބޭނެ. އަދި ސާވިސް ކުރުމަށް ބޭނުންވާ ސްޕެއާ ވެސް މިތަނުން ލިބޭނެ. އޯޑަރު ދިނުމުން އެތަކި ގެނެސްދޭގޮތަށްވެސް ހަމަޖެހިފަ އޮތީ” ޖަލްވާން ބުންޏެވެ.

މި ސަރވިސް ސެންޓަރުގެ ހިދުމަތް އޭދަފުށީގެ އިތުރުން އަތޮޅު އެހެން ރަށްރަށުގެ ފަރާތްތަކަށްވެސް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

“ހެނދުނު 9 އިން ހަވީރު 6 އަށް މި ސާވިސް ސެންޓަރު ހުޅުވިފަ ހުންނާނީ. މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އާ ހިދުމަތްތަކެއް ވަރަށް އަވަހަށް ފަށާނަން. ރޯޑްވާދިނަސް އާއި އިންސުރެންސް ކުރުމުގެ ހިދުމަތް ފެށުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަނީ” 2007 ވަނަ އަހަރުން ފެށިގެން އޭދަފުށީގައި ނުރަސްމީކޮށް މި ހިދުމަތް ދެމުންގެންދާ ޖަލްވާން ބުންޏެވެ.

ޒަމާނީ ގިނަ ވަސީލަތްތަކަކާއެކު މި ފެންވަރުގައި ސާވިސް ސެންޓަރެއް އޭދަފުށީގައި ހުޅުވި މިއީ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.