12 ކްލާސްރޫމުގެ އާ އިމާރާތް ޑިޒައިން ކުރަން ބަޔަކާ ހަވާލުކޮށްފި

ބ. އަތޮޅު ތަުއލީމި މަރުކަޒުގެ ދަރިވަރުން ތަކެއް އެސެމްބްލީގައި
ބ. އަތޮޅު ތަުއލީމި މަރުކަޒުގެ ދަރިވަރުން ތަކެއް އެސެމްބްލީގައި

 

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ސްކޫލުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އާ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި ކަމަށެވެ.

ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު އަލީ ވިދާޅުވީ ވޯލްޑް ބޭންކް ޕްރޮޖެކްޓްގެދަށުން އެ ސްކޫލުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4 ބުރީގެ 12 ކުލާސް ރޫމް ޑިޒައިން ކުރުމުގެ މަސައްްކަތް މިދިޔަ މަހުގެ 25 ވަނަ ދުވަހު އާކް އެންޑް ސްޓޫޑިއޯ އާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް އިމާރާތް ކުރުމަށް ނިންމި ހަތަރު ބުރީގެ 12 ކްލާސްރޫމުގެ އާ އިމާރާތް އެޅުމަށް ކުރިން ހުރި ތިން ކްލާސް ރޫމު ތަޅާލައި ބިން ސާފުކުރީ މިދިއަ އަހަރުގެ ޖޫން މަހުތެރޭގަ އެވެ.

އަހްމަދު އަލީ ވިދާޅުވީ އާ އިމާރާތުގެ މަސައްކަތް ނިމުމުން އެ ސްކޫލުން ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި ޓީއާރުސީގައި މިދިޔަ އަހަރު ގާއިމުކުރި ހާާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޔުނިޓްވެސް އާ އިމާރާތަށް ބަދުލުކުރެވޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ގްރޭޑް 1 އިން 12 އަށް ކިޔަވައިދެމުން ގެންދާ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިވަގުތު 700 އަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރަމުން ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.