ފެމިލީ ސެންޓަރުން ބެލެނިވެރިން ހޭލުންތެރިކުރުމުގެ ބައްދަލުވުމެއް ބާއްވައިފި

 ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ހޭލުންތެރިކުރުމުގެ ބައްދަލުވުމުމުގެ ތެރެއިން
ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ހޭލުންތެރިކުރުމުގެ ބައްދަލުވުމުމުގެ ތެރެއިން

މިއަހަރު ބަހިއްޔާ ޕްރީ ސްކޫލާއި އަލަށް ގުޅުނު ކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ.

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން އިންތިޒާމުކުރި މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު އެ ސެންޓަރުގެ ކޮންފަރެންސް ހޯލްގައެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ކުރިން އެ ސެންޓަރުގައި މަސައްކަތްކުރެއްވި ޢަބްދުﷲ އަޝްރަފު އެވެ.

 ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ހޭލުންތެރިކުރުމުގެ ބައްދަލުވުމުމުގެ ތެރެއިން
ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޭއްވި ހޭލުންތެރިކުރުމުގެ ބައްދަލުވުމުމުގެ ތެރެއިން

 

ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލެވުނީ ޕްރީ ސްކޫލާއި އަލަށް ގުޅުނު ބެލެނިވެރިން ކުދިން ބެލުމުގައި ސަމާލުކަންދޭންވީ ކަންކަމާއި އެކުދިންގެ ތަރުބިއްޔަތާއި ގުޅުންހުރި ކަންކަމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ކުދިން ބެލުމުގައި ބެލެނިވެރިންނަށް ހެދޭ ގޯސްތަކާއި ގުޅޭގޮތުން މަޢުލޫމާތުދިނުމާއި، ގްރޫޕް މަޝްވަރާ ކުރުމާއި، އެފަދަ ކަންކަން ހުއްޓުވުމަށް ބެލެނިވެރިންގެ ޢަމަލުތައް ބަހައްޓަންވީ ގޮތާއި ގުޅޭގޮތުންވެސް ބައްދަލުވުމުގައި މަޢުލޫމާތުދީފައިވެއެވެ. މި ބައްދަލުވުމުގައި ބަހިއްޔާ ޕްރީ ސްކޫލާއި އަލަށްގުޅުނު ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވާކަމަށް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން މަޢުލޫމާތުދެއެވެ.

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ބުނީ މި ބައްދަލުވުމަކީ އެ ސެންޓަރުން މިއަހަރު ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ ބައްދަލުވުންތަކުގެ ފެށުންކަމަށާއި، މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އަތޮޅުގެ ރައްޔިތުންނަށް ގިނަ ޕްރޮރާމްތަކެއް ރާވާފައިވާކަމަށެވެ. މިދިޔަ އަހަރު އެ ސެންޓަރުން ވަނީ ބ. އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން 30 އަށްވުރެ ގިނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.