މާޅޮސް، އޭދަފުށި، ހިތާދޫ ފުޓްސަލް ޗެލެންޖް ކަޕް މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީން ބުނެފި އެވެ.
އަންނަ މާޗުމަހު ތެރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރުވެސް ބައިވެރިވެވޭނީ މާޅޮސް، އޭދަފުށި އަދި ހިތާދޫގެ ރަޖިސްޓްރީގައި ހިމެެނޭ ފަރާތްތަކަށެވެ.
އިންތިޒާމް ކޮމިޓީގެ ފަރާތުން ވާހަކަ ދެއްވި ރައުފަތު ޔޫސުފް ބުނީ މިފަހަރު ކޮންމެ ޓީމެއްގައިވެސް ބައިވެރިވެވޭނީ، ފުރަތަމަ ޑިވިސަންގެ އެންމެ ކުޅުންތެރިއަކަށް ކަމަށާއި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހާމަކުރެވޭނެކަމަށެވެ.
މިދިޔަ އަހަރުގެ އަލަށް ބޭއްވުނު މުބާރަތުގައި ޖުމްލަ 120 ކުޅުންތެރިންނާއިއެކު 10 ޓީމު ބައިވެރިވެފައިވެ އެވެ.
މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މި ސައިޓް މެދުވެރިކޮށް ގެނެސްދެވޭނެ އެވެ.
މާޅޮސް، އޭދަފުށި، ހިތާދޫ މިތަނުން ރަށެއްގެ މީހަކާ އިނދެގެން އުޅޭ މީހުންނަށް ނުކުޅެވޭނެތަ؟