ބ. އަތޮޅު ސްކޫލުތަކުގެ ވެރިންގެ ކޮންފަރެންސެއް ބާއްވައިފި

ބ. އަތޮޅު މަދަރުސާއިން އިންތިޒާމުކޮށްގެން ދަރަވަންދޫގައި ބޭއްވި ބ. އަތޮޅު ސްކޫލުތަކުގެ ވެރިންގެ ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ / ބ. އަތޮޅު މަދަރުސާ
ބ. އަތޮޅު މަދަރުސާއިން އިންތިޒާމުކޮށްގެން ދަރަވަންދޫގައި ބޭއްވި ބ. އަތޮޅު ސްކޫލުތަކުގެ ވެރިންގެ ކޮންފަރެންސްގެ ތެރެއިން– ފޮޓޯ / ބ. އަތޮޅު މަދަރުސާ

 

ބ. އަތޮޅު ސްކޫލު/މަދަރުސާތަކުގެ ވެރިންގެ ކޮންފަރެންސެއް ފުރަތަމަ ފަހަރަށް ބާއްވައިފި އެވެ.

ޖެނުއަރީ 15 ން 17 އަށް، ބ. އަތޮޅު މަދަރުސާއިން އިންތިޒާމުކޮށްގެން އެ މަދަރުސާ ގައި (ދަރަވަންދޫގައި) ކުރިއަށްގެންދިޔަ މިިކޮންފަރަންސްގައި މިއަތޮޅުގެ 12 ސްކޫލް/މަދަރުސާގެ ތެރެއިން 11 ސްކޫލެއްގެ އިސްވެރިންގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ސެންޓްރަލް އެޑިއުކޭޝަން ޔުނިޓްގެ ހެޑް ބައިވެރިވެވަޑައިގަތެވެ.

އެ މަދަރުސާއިން ބުނި ގޮތުގައި މި ކޮންފަރެންސްގެ ބޭނުމަކީ، އަތޮޅުގެ ސްކޫލް/މަދަރުސާތަކުގައި ދެވޭ ތައުލީމަކީ، ފެންވަރު ރަނގަޅު، ތައުލީމަކަށް ހެދުމަށްޓަކައި، އަތޮޅުގެ ސްކޫލް/މަދަރުސާތަކުގައި މިހާރު ބޭނުންކުރެވެމުންދާ، އާއްމު ޕޮލިސީތައް ނުވަތަ އެކިކަންކަމުގައި އަމަލުކުރެވޭ އުސޫލުތައް އެއްގޮތްކޮށް، ސްކޫލްތަކުގެ ޙާލަތު ޙިއްސާކުރުމަށް ފުރުސަތު ހޯދައިދިނުމާއި، ސްކޫލްތަކުގެ ބެސްޓް ޕްރެކްޓިސް ހިއްސާ ކުރުމެވެ.

ބ. އަތޮޅު މަދަރުސާއިން އިންތިޒާމުކޮށްގެން ދަރަވަންދޫގައި ބޭއްވި ބ. އަތޮޅު ސްކޫލުތަކުގެ ވެރިންގެ ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ / ބ. އަތޮޅު މަދަރުސާ
ބ. އަތޮޅު މަދަރުސާއިން އިންތިޒާމުކޮށްގެން ދަރަވަންދޫގައި ބޭއްވި ބ. އަތޮޅު ސްކޫލުތަކުގެ ވެރިންގެ ކޮންފަރެންސްގެ ތެރެއިން– ފޮޓޯ / ބ. އަތޮޅު މަދަރުސާ

 

މި ކޮންފަރެންސްގައި މައިގަނޑު 4 ކަރުދާހެއް ހުށަހެޅި، ދެ ޕޮލިސީއެއް ވަނީ ފާސްކުރެވިފަ އެވެ. އެގޮތުން ފާސްކުރެވިފައިވާ ދެ ޕޮލިސީއަކީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންގެ ޕްރޮމޯޝަން ޕޮލިސީއާއި، ގްރޭޑް 7 ގެ ދަރިވަރުންނަށް ދެވޭ ފަހު ސެމެސްޓަރ އިމްތިޙާނަކީ އަތޮޅުގެ ހުރިހާ ސްކޫލް/މަދަރުސާއެއްގެ މެދުގައި ބޭއްވޭ ކޮމަން ޓެސްޓަކަށް ހަދައި އެ އިމްތިޙާން ކުރިޔަށް ގެންދާނޭ ގޮތުގެ ޕޮލިސީ އެވެ.

މި ކޮންފަރެންސަގައި ސްކޫލްތަކުގެ އިސްވެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކެއް ޙިއްސާކުރުމުގެ ފުރުޞަތު ސީދާ ލިބިގެން ދިއުމުގެ އިތުރުން ސްކޫލް މަދަރުސާތަކުގެ މެދުގައި ވަސީލަތްތައް ހިއްސާ ކުރެވޭނެ ނިޒާމަކާއިބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.

 

އަދި ޓީޗަރުންގެ ޑިވެލޮޕްމަންޓް ޙަރަކާތްތައް އަތޮޅުތެރޭގެ ސްކޫލްތައް އެއްކޮށްގެން ކުރިޔަށް ގެންދެވޭނެ ނިޒާމަކާއި ބެހޭގޮތުންނާއި ސްކޫލްތަކުގައި ހުރި ކަންކަން ހިއްސާ ކުރުމަށް ހަފްތާއަކު އެއްދުވަހު އަތޮޅުގެ ހުރިހާ ވެރިންގެ ފޯން މީޓިން އެއް ބޭއްވުމަށްވެސް އެ ކޮންފަރެންސްގައި ވަނީ ނިންމައިފަ އެވެ.

ބ. އަތޮޅު މަދަރުސާއިން ބުނި ގޮތުގައި މިކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ އަތޮޅުގެ ހުރިހާ ވެރިންނާއި މަޝްވަރާކުރުމަށްފަހު، ބ. އަތޮޅު ސްކޫލްތަކުގެ ކޯޑިނޭޓަރުގެ ބެލުމުގެދަށުން، ސެންޓްރަލް އެޑިއުކޭޝަން ޔުނިޓްގެ ފުރިހަމަ އެހީއާއި އެއްބާރުލުމުގެ މަތިންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. AN

    މެދުގައި ބަހަށްޓާފައި ހުރި ރުއްތަކުން އެކަކު އަނެކެއްގެ މޫނުވެސް ނުފެންނަހެން ހީވަނީ…… މީތި އެހާ ރަނގަޅެއްނޫން

    ރައްދު
  2. baa

    މިއީ ރަގަޅު ކަމެއް.މިކަހަލަ ކަންތައް އިންތިޒާމްކުރުމުގައިވެސް ބ.އޭސީން އިސްނެގުމަކީ މުހިއްމުކަމެއް..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.