ސޮނެވާފުށީ ގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންނަށް އެވޯޑް ދީފި

ސޮނެވާފުށީގެ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑާއި ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން. --. އީޓީ ފޮޓޯ / ތޯރިގް
ސޮނެވާފުށީގެ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑާއި ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން. –. އީޓީ ފޮޓޯ / ތޯރިގް

 

ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނެވާފުށި ރިސޯޓުގެ މިދިޔަ އަހަރާ އޭގެ ކުރީ އަހަރުގެ އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުން ފާހަގަކޮށް އެ މުވައްޒަފުންނަށް އެވޯޑާއި ހަނދާނީ ލިޔުންދީފި އެވެ.

ސޮނެވާފުށި ރިސޯޓްގައި ރޭ ބޭއްވި “އެނުއަލް ހޮސްޓް ޕާޓީ” ގައި 2013 ވަނަ އަހަރު އެ ރިސޯޓްގެ ލީޑާ އޮފް ދި އިޔާ އަށް ހޮވުނީ އެކައުންޓެންޓް އަލީ އާމިރު އެވެ. ހޮސްޓް އޮފް އިޔާ އަށް ހޮވުނީ ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުންދާ އަހްމަދު އިމްތިޔާޒް އާއި އިލެކްޓްރިޝަން ހަސަން ސަމީރު އެވެ.

ސޮނެވާފުށީގެ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑާއި ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން. --. އީޓީ ފޮޓޯ / ތޯރިގް
ސޮނެވާފުށީގެ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑާއި ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން. –. އީޓީ ފޮޓޯ / ތޯރިގް

 

 

މީގެ އިތުރުން 2014 ވަނަ އަހަރު އެ ރިސޯޓުގެ ލީޑާ އޮފް ދަ އިޔާ އަށް އޭވީ އެންޑް ކާޕެންޓަ ސުޕަވައިޒަރު އިބްރާހިމް ނާސިރު ހޮވުނުއިރު، ހޮސްޓް އޮފް ދަ އިޔާ އަށް ހޮވުނީ ސީނިއާ ވެއިޓަރު އަހްމަދު ޝަހީމް އާއި ސީނިއާ ޕެއިންޓަ ފަރުހާދު އަބްދުއްރަހްމާން އެވެ.

ސޮނެވާފުށީގެ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑާއި ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން. --. އީޓީ ފޮޓޯ / ތޯރިގް
ސޮނެވާފުށީގެ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑާއި ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިން. –. އީޓީ ފޮޓޯ / ތޯރިގް

 

 

ސޮނެވާފުށި ރިސޯޓުން ވަނީ އެވޯޑާއެކު މިއިން ކޮންމެ މުވައްޒަފަކަށްވެސް 1000 ޑޮލަރު ފައިސާގެ އިނާމެއްވެސް ދީފަ އެވެ.

އެ އެވޯޑާއި ހަނދާނީ ލިޔުން އަދި ފައިސާގެ އިނާމު ދެއްވީ ސޮނެވާފުށި ރިސޯޓްގެ އޭރިޔާ ޖެނެރަލް މެނޭޖަރު މރ. ލައުރީ އާއި ރިސޯޓް މެނޭޖަރު މިސް ކަރެން އެވެ.

މުނިފޫހި ފިލުމުގެ ހަރަކާތްތަކާއެކު ކުރިއަށްގެންދިޔަ މި އަހަރުގެ މި ހަފްލާގައި ބައެއް މުވައްޒަފުންގެ އާއިލާތަކުންވެސް ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.