ބ. އަތޮޅުގައި ކުށްކުރުން ވަނީ ބިރުގަންނަންޖެހޭ ހިސާބަކަށް ގޮސްފައި: ޕީޖީ

ޕީޖީ ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލު މެންބަރުންނާއެކު ބޭއްވި ބައްދަލިުވުމުގެ ތެރެއިން
ޕީޖީ ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލު މެންބަރުންނާއެކު ބޭއްވި ބައްދަލިުވުމުގެ ތެރެއިން

 

ބ އަތޮޅަކީ މުޅިރާއްޖެއަށް ބަލައިފިނަމަ ކުށްކުރުން އެންމެ މަދު އެއް އަތޮޅުކަމަށާއި، އެހެންނަމަވެސް މިހާރު މިއަތޮޅުގައި ކުށްކުރުމުގެ މިންވަރު ބިރުގަންނަންޖެހޭ ހިސާބަކަށް ގޮސްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

ނ، ރ އަދި ބ އަތޮޚަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލާ ބައްދަލުކޮށް ވާހަކަފުޅު ދައްކަމުން މުހްތާޒް ވިދާޅުވީ ކުށްމަދު ކުރުމަށް ކައުންސިލްތަކާ ފުލުހުން ގުޅިގެން ޒުވާނުން މިފަދަކަންކަމުން ދުރުހެލިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ރާވާ އެފަދަ ކުށްތަކަށް އަރައިގަތުން މަދު ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

ޕީޖީ ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލު މެންބަރުންނާއެކު ބޭއްވި ބައްދަލިުވުމުގެ ތެރެއިން
ޕީޖީ ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލު މެންބަރުންނާއެކު ބޭއްވި ބައްދަލިުވުމުގެ ތެރެއިން

 

އެ ބައްދަލުވުމުގައި މުހްތާޒު ވިދާޅުވީ އެއީ ހަމައެކަނި ފުލުހުންގެ މަސްއޫލިއްޔަތެއް ކަމުގައި ދެކިގެން ނުވާނެ ކަމަށާއި، އެއީ ކޮންމެ ފަރުދެއްގެ އަދި ސަރުކާރުގެ ކޮންމެ މުއައްސަސާއެއްގެވެސް ޒިންމާއެއްކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ޕީޖީ އޮފީހުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް މުހްތާޒް ވިދާޅުވި އެވެ.

މުހްތާޒު ވިދާޅުވީ އެ އަތޮޅަކުން އެ އަތޮޅެއްގައި ހިނގާ މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް އެ އަތޮޅަކުން ނިންމޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިގޮތަށް އަމަލު ކުރަން ފެށުމުން މައްސަލަތައް ފުނިޖެހުން މަދުވެ، މައްސަލަތައް ނިންމޭލެއް އަވަސް ވެގެންދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށްވެސް މުހްތާޒު ވިދާޅުވި އެވެ.

ބ. އަތޮޅުން 2011 ވަނަ އަހަރު 26 މައްސަލަ، 2012 ވަނަ އަހަރު 40 މައްސަލަ، 2013 ވަނަ އަހަރު 16 މައްސަލަ އަދި މިދިޔަ އަހަރު 109 ޖިނާއީ މައްސަލަ ޕީޖީ އަށް ވަނީ ހުށަހަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. rukkuri

    އެއީ ޒުވާނުން މެދުއުޑަށް ގެންދިއުމަށް އެޅެމުންދާ ފުރަތަމަ ފިޔަވަޅު … ތަރައްގީ ގައިމުވަނީ. …. ޕީ.ޖީގެ ވިސްނުން ތިހުންނަނީ 20 އަހަރު ފަހަތުގައި ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.