ޔޫތު ސެންޓަރުތަކަށް އިންޓަނެޓާއި ފޯނުގެ ހިދުމަތް އުރީދޫން ތައާރަފުކޮށްފި

އަތޮޅުތަކުގައި ހިންގާ ޒުވާނުންގެ މަރުކަޒުތަކަށް ހެޔޮ އަގުގައި އިންޓަނެޓާއި ފޯނުލައިންގެ ހިދުމަތް ދޭން އުރީދޫން "އެމްވީޕީއެން އަންލިމިޑެޓް ސާވިސް" ތައާރަފު ކުރުމުގެ ރަސްމިއްޔާތު.---ހަވީރު ފޮޓޯ:
އަތޮޅުތަކުގައި ހިންގާ ޒުވާނުންގެ މަރުކަޒުތަކަށް ހެޔޮ އަގުގައި އިންޓަނެޓާއި ފޯނުލައިންގެ ހިދުމަތް ދޭން އުރީދޫން “އެމްވީޕީއެން އަންލިމިޑެޓް ސާވިސް” ތައާރަފު ކުރުމުގެ ރަސްމިއްޔާތު.—ހަވީރު ފޮޓޯ:

 

އަތޮޅުތަކުގައި ހިންގާ ޒުވާނުންގެ މަރުކަޒުތަކަށް ހެޔޮ އަގުގައި އިންޓަނެޓާއި ފޯނުލައިންގެ ހިދުމަތް ދޭން އުރީދޫން “އެމްވީޕީއެން އަންލިމިޑެޓް ސާވީސް” މިއަދު ތައާރަފުކޮށްފި އެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިޔާތުގައި އެ ހިދުމަތަށް ބޭނުންވާ ސާމާނު ކައުންސިލްތަކާ ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އެ ރަސްމިޔާތުގައި މަލީހް ވިދާޅުވީ އުރީދޫން އެ ހިދުމަތް ދޭން ފެށުމުން ގާތްގަނޑަކަށް 600ރ އާއި 800ރ އާ ދެމެދުގެ އަގެއްގައި އިންޓަނެޓާއި ޓެލްފޯނުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

“މީގެ ކުރިން ޒުވާނުންގެ މަރުކަޒުތަކުގެ ފޯނަށް 10،000ރ އިން، 8000ރ އިން 3000ރ. މިހެން ގޮސް ވަރަށް ބޮޑެތި އަދަދުތަކުން ބިލް ދައްކަން ޖެހޭ. ހަމަ އެހެންމެ އިންޓަނެޓްގެ ހާލު ވެސް އޮތީ މިހެން،” މިނިސްޓަރު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ މާފަންނު ސޯޝަލް ސެންޓަރުގައި އުރީދޫން އަންނަނީ ހިލޭ ވައިފައިގެ ހިދުމަތް ފޯރުވައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޔޫތު މިނިސްޓްރީން މަސައްކަތްކުރަނީ ޒުވާނުންގެ މަރުކަޒުތަކުގެ އާބާތުރަފިލުވާ އެތަންތަނުގެ ހިންގުން ހަރުދަނާ ކުރާށެވެ. އަދި އެމަރުކަޒުތައް ޔޫތު މިނިސްޓްރީގެ ބޭނުންތަކަށް ނޫން ކަންކަމުގައި ވެސް ބޭނުން ކުރެވެން ޖެހެނޭ ކަމަށް ވިދާޅުވި އެވެ.

“މަދަނީ ޖަމިއްޔާއެއް ކަމުގައިވީ ނަމަވެސް، ސަރުކާރުގެ އެހެން މުވައްސަސާއެއް ކަމުގައިވީ ނަމަވެސް އަދި އުރީދޫ ފަދަ ކުންފުންޏެއް ކަމުގައި ވީ ނަމަވެސް އެއްވެސް އަގަކާ ނުލައި ހިލޭ އެ މަރުކަޒުތައް ބޭނުންކުރެވޭނެ. އެތަނުގެ ވަސީލަތްތައް ބޭނުންކުރެވޭނެ. އެތަނުގެ މުވައްޒަފުން އެހީތެރިކަން ފޯރިކޮށްދެވޭނެ،” މިނިސްޓަރު ވިދާޅުވި އެވެ.

އެމްވީޕީއެން އަންލިމިޑެޓް ސާވީސް ފޯރުވައިދޭން ބޭނުންވާ ސާމާނު މިއަދު ހަވާލުކުރީ ހއ. ދިއްދޫ، ހއ. މާރެންދޫ، ހދ. ހަނިމާދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ހިންވަރު، ޅ. ކުރެންދޫ، އދ. ދަނގެތި، ދ. ކުޑަހުވަދޫ، މ. މުލި، ތ. ތިމަރަފުށި، ލ. ގަން، ގދ. މަޑަވެލި، ޏ. ފުވައްމުލައް، ސ. ގަން، އަދި ސ. މަރަދޫފެދޫއާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.